
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ އިމާރާތްތަކުގެ ދަށުވެފައިވާ 135 މީހެއްގެ ހަށިތައް ހޯދައި އެ އިމާރާތްތަކުގެ ދަށުން ހަށިތައް ނަގައިފިއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދިޔަ ޢުދުވާނީ ހަމަލާތައް އެއްބެސްވުމެއްގެ ދަށުން މިހާރު ވަނީ ހުއްޓައިލައިފައެވެ. އެއާއެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ސުންނާފަތިވެފައިވާ ސަރަޙައްދުތަކަށް ގޮސް، އިމާރާތްތަކުގެ ދަށުން ނުނެގި ހުރި ހަށިތައް ނެގުމަށް ފުރުޞަތު ލިބިފައެވެ. ފަލަސްޠީނުގެ ނޫހަކުން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 135 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ނަފާގައިވާ ކަމަށް ބުނެފައެވެ. އޭގެ އިތުރުން ޣައްޒާގެ އެކި ހަސްފަތާލުތަކުން ގިނަ ޢަދަދެއްގެ ޝަހީދުންގެ ހަށިތައް ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި އައްޝިފާ ހަސްފަތާލުން ގެންދިޔަ 43 ހަށިގަނޑާއި އަލް އަޙްލީ ޢަރަބް ހަސްފަތާލަށް ގެންގޮސްފައިވާ 60 ހަށިގަނޑު ހިމެނެއެވެ.
އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ވެސް ޔަހޫދީންގެ ވައިގެ ޙަމަލާތަކުގައި 19 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރެއިން 16 މީހުންނަކީ އެއް ޢާއިލާއަކަށް ނިސްބަތްވާ މީހުންނެވެ. އެ މީހުން ޝަހީދުވެފައި ވަނީ ޣައްޒާ ސިޓީގެ ދެކުނުގައެވެ. އޭގެ އިތުރުން ޝައިޚް ރަޟްވާންއާއި ޚާން ޔޫނިސްގައި ވެސް މީހުން ޝަހީދުވެފައިވެއެވެ. އެ ޙަމަލާތައް ދީފައި ވަނީ ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް ސާފެއް ނުވެއެވެ. ޣައްޒާގެ މަގުތަކުން ޔަހޫދީ ސިފައިން ފަހަތަށް ޖެހިފައިވާ އިރު އެ ސަހަރުގެ އެތައް ސަތޭކަ ހާސް ރައްޔިތުންނެެއް ދަނީ އެ މީހުންގެ އަމިއްލަ ގެދޮރަށް ދިޔުމަށް ދަތުރު ފަށައިފައެވެ. އަމިއްލަ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައިވާ ޣައްޒާގެ ރައްޔިތުން ދަނީ އެ މީހުން ދިރިއުޅެމުން ދިޔަ ފޭލިގެތައް ނަގައި، އެ ފޭލިގެތަކާއި ހިފައި ގެންގުޅޭ މަދު ސާމާނު ހިފައިގެން ފައިމަގުގައި ދަތުރުކުރަމުންނެވެ. ކުރިން ދިރިއުޅެމުން ދިޔަ ގެދޮރު މިއަދު ކޮޅަށް ހުންނާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ވެސް ނެތެެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ޣައްޒާ ސިޓީ ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. ސާފު ބޯފެނާއި ކަރަންޓުގެ ޚިދުމަތް ވެސް ނުލިބޭއިރު، އަމިއްލަ ގެދޮރަށް ރައްޔިތުން އެނބުރި ދަމުންދާ މި ދަނޑިވަޅުގައި އެންމެ މުހިންމީ ސުންނާފަތިވެފައިވާ ގެދޮރުތައް ހުރި ބިންބިމުގައި ޖަހާނެ ފޭލިގެތަކާއި ހިޔާވަހިކަން ދޭނެ އާލާތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ޣައްޒާގެ ރައްޔިތުންގެ ވިސްނުންހުރީ، ކޮންމެ ޙާލެެއްގައި އުޅެން ޖެހުނު ކަމުގައިވި ނަމަވެސް އަމިއްލަ ރަށާއި ގެދޮރަށް އެނބުރި ދިޔުމަށެވެ. ޔަހޫދީންގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބަލިކަށިވެ ނިކަމެތިކަން ލިބިފައިވާ ނަމަވެސް ޣައްޒާގެ ރައްޔިތުންނަކީ ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
