
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އިދާރީ ހިންގުން ބޭރުގެ ބާރެއްގެ އަތްމައްޗަށް ދޫކޮށްނުލާނެ ކަމުގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތްތަކުން ހާމަކޮށްފިއެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ޖިހާދު ކުރަމުންދާ މުޖާހިދުން މި މޭރުމުން ބުނެފައި މި ވަނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެވުނުތާ އެއް ދުވަސް ފަހުންނެވެ. ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނެވިފައި ވަނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި 67,000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ފަހުންނެވެ.
ޣައްޒާގެ އިދާރީ ހިންގުން ބޭރުގެ ބާރެއްގެ އަތްމައްޗަށް ދޫކޮށްލުމުގެ ފުރުޞަތު ނޯންނާނެ ކަމުގައި ހާމަކޮށްފައިވާ ޖަމާޢަތްތަކުގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިތުރުން ޕަލަސްޓީނިޔަން އިސްލާމިކް ޖިހާދާއި ޕޮޕިޔުލަރ ފްރަންޓް ފޯ ދި ލިބެރޭޝަން އޮފް ޕަލަސްޓަޔިން (ޕީއެފްއެލްޕީ) ހިމެނެއެވެ. އެ ޖަމާޢަތްތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނީ، ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، މަގުމަތި ކޮށްލުމުގެ ނިޔަތުގައި ޔަހޫދީން ހިންގަމުން ދިޔަ ޖަރީމާތައް ހުއްޓުމަކަށް ގެނެވިފައިވުމަކީ، ފަލަސްޠީނުގެ ރައްޔިތުން ހިތްވަރާއި އަޒުމާ އެކު ކޮށްފައިވާ މަތިވެރި ޖިހާދުގެ ނަތީޖާ ކަމުގައެވެ. ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ރޭވުމަކާ ގުޅޭ ގޮތުން ކުރި މަޝްވަރާތަކަކަށް ފަހުއެވެ. އެމެރިކާއާ ގުޅިގެން އެ މަޝްވަރާތައް ވިލަރެސް ކޮށްފައި ވަނީ ޤަޠަރާއި މިޞްރުންނެވެ. ސުލްޙައިގެ އެއްބަސްވުމުގެ ފުރަހަމަ މަރުޙަލާއަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ.
“ބޭރުގެ ބައެއްގެ ބާރުވެރިކަން [ޣައްޒާގައި] ހިންގުމުގެ ފުރުޞަތު ދޭން އަޅުގަނޑުމެން ތަކުރާރުކޮށް އިންކާރު ކުރަން، އަދި ޣައްޒާގެ އިދާރީ ހިންގުން އިންތިޒާމު ކުރާނެ ގޮތަކީ ފަލަސްޠީނުގެ ރައްޔިތުންގެ ދާޚިލީ ކަމެއް ކަމާއި، އެ ކަން ކުރާ ފަލަސްޠީނުގެ ރައްޔިތުން ކަން ހާމަކުރަން،” މުޖާހިދުންގެ ޖަމާޢަތްތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ޣައްޒާގެ ވެރިކަމާއި އިދާރީ ހިންގުން ބައްޓަން ކުރާނެ ގޮތެއް ކަނޑައެޅުމަށް ފަލަސްޠީނުގެ އެކި ޖަމާޢަތްތަކުގެ މެދުގައި ޤައުމީ ފެންވަރުގެ މަޝްވަރާތަކެއް ބޭއްވުމަށް ތައްޔާރު ކުރަމުންދާ ކަން ވެސް އެ ޖަމާޢަތްތަކުން ހާމަކުރިއެވެ. “މީގެ ސަބަބުން ފަލަސްޠީނުގެ ފިކުރު އެއްގޮތް ކުރެވިގެން ދާނެ، ޤައުމީ ތަރައްޤީގެ އޮނިގަނޑެއް އެކުލަވައިލެވޭނެ، އަދި ގުޅިފައިވާ ހަރުދަނާ އަދި ދެ ފުށް ފެންނަ ސިޔާސަތުތަކަކާއި ގުޅިފައިވާ ބިންގަލެއްގެ މަތިން ދައުލަތުގެ އިދާރާތައް އަލުން އާރާސްތު ކުރެވޭނެ،” އެ ޖަމާޢަތްތަކުން ބުންޏެވެ. ޙަމާސާއި އިސްލާމިކް ޖިހާދު އަދި ޕީއެފްއެލްޕީން އިންތިޒާމު ކުރާ މަޝްވަރާތަކުގައި ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތުޙް ޖަމާޢަތުން ބައިވެރިވާނެ ކަން ނުވަތަ ނޫން ކަން އަދި ސާފެއް ނޫނެވެ.
ޓްރަމްޕް ރާއްވަވާފައި އޮތީ، ޣައްޒާގެ އިދާރީ ހިންގުން ވަގުތީ ގޮތުން ‘ޞުލްޙައިގެ ބޯޑު’ގެ ނަން ދީފައިވާ ބޯޑަކާ ޙަވާލު ކުރުމަށެވެ. އަދި، އެ ބޯޑުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އެކުލެވިގެންވާ ފަންނީ މުޝީރުންގެ ކޮމިޝަނެއް އެކުލަވައިލެއްވުމަށެވެ. ޓްރަމްޕް ވިދާޅުވީ ޞުލްޙައިގެ ބޯޑުގެ ޗެއަރމަން ކަމުގެ މަޤާމު ފުރުއްވާނީ ޚުދު އޭނާ ކަމުގައެވެ. އަދި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ ވެސް އެ ބޯޑުގައި އިސް ދައުރެއް އަދާކުރައްވާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
