
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އުތުރު ކޮރެޔާއިން އަނެއްކާ ވެސް ބާރުގަދަ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައިސީބީއެމެ)އް ދައްކައިލައިފިއެވެ. އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން އުފައްދާފައިވާ އައު އައިސީބީއެމަކީ، އެ ޤައުމުން މިިހާތަނަށް އުފައްދާފައިވާ އެންމެ ފަހުގެ، އަދި އެންމެ ބާރުގަދަ މިސައިލް ކަމުގައި އެ ޤައުމުގެ ދައުލަތުގެ މީޑިޔާ، ކޭސީއެންއޭން ރިޕޯޓު ކުރިއެވެ. އެ މިސައިލް ދައްކައިލާފައި ވަނީ ވެރިކަން ކުރާ ވަރކަރސް ޕާޓީއަށް 80 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އަސްކަރީ ޕެރޭޑެއްގައެވެ. އުތުރު ކޮރެޔާއިން އަލަށް ތަޢާރުފު ކޮށްފައިވާ މިސައިލަށް ދީފައިވާ ނަމަކީ ހްވާސޮންގ-20އެވެ. އެއީ، އެހެން ބައްރެއްގައި އޮތް ޤައުމަކަށް ނުވަތަ އަމާޒަކަށް ޙަމަލާ ދިނުމުގެ ރާސްތާ ލިބިފައިވާ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ކޭސީއެންއޭން ސިފަ ކުރިއެވެ. އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ވަނީ އައު މިސައިލްތަކާއި، އިތުރު ހަތިޔާރުތައް ދައްކައިލުމަށް ބޭއްވި ޕެރޭޑު ބަލައިލާފައެވެ.
ކޭސީއެންއޭން ބުނީ، ހްވާސޮންގ-20ގެ ނަން ދީފައިވާ އައިސީބީއެމަކީ ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ހަތިޔާރެއް ކަމުގައެވެ. އައު އައިސީބީއެމެއްގެ އިތުރުން ޕްޔޮންގްޔަންގައި ބޭއްވި ޕެރޭޑުގައި އެ ޤައުމުގެ އަސްކަރިއްޔާއިން މި ވަގުތު ބޭނުން ކުރާ އެންމެ ފަހުގެ ޒަމާނީ ހަތިޔާރުތައް ދައްކައިލާފައިވެއެވެ. އޭގެ ތެރޭގައި ދުރު-ރާސްތާ ކްރޫޒް މިސައިލާއި، އަސްކަރީ ޑްރޯން އަދި އެ ފަދަ ޑްރޯންތައް އުދުއްސައިލުމަށް ބޭނުން ކުރާ އުޅަނދުފަހަރު ހިމެނެއެވެ. ހްވާސޮންގ-20އަކީ ހަކަތައިގެ ގޮތުގައި ސޮލިޑް ފިޔުލް ބޭނުން ކުރާ މިސައިލެއް ކަމުގައި ކޭސީއެންއޭން ރިޕޯޓު ކުރިއެވެ. އޭގައި ބޭނުން ކުރާ އިންޖީނު އުފައްދާފައި ވަނީ ކާބަން ފައިބަރ ބޭނުން ކޮށްގެންނެވެ. އަދި، އެއީ 1,971 ކިލޯނިއުޓަންގެ ހަކަތަ އުފެއްދުމުގެ ބާރު ލިބިފައިވާ އިންޖީނެއް ކަމުގައި ކޭސީއެންއޭން ބުންޏެވެ.
އުތުރު ކޮރެޔާއިން ހްވާސޮންގ-20ގެ ނަމުގައި ބާރުގަދަ އައިސީބީއެމެއް އުފައްދާފައިވާ ކަން ހުޅަނގުގެ ބާރުތަކުން ވެސް ވަނީ ކަށަވަރު ކޮށްފައެވެ. އަދި، އެއީ އެ ޤައުމުގެ އަސްކަރިއްޔާއަށް މި ވަގުތު ބޭނުން ކުރެވޭނެ އެންމެ ބާރުގަދަ އައިސީބީއެމް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، މި އަހަރު ނިމުމުގެ ކުރިން އުތުރު ކޮރެޔާއިން ހްވާސޮންގ-20ގެ އަޖުމަ ބެލުމަށް އިތުރު ޓެސްޓުތައް ހަދާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
