
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ސިބޭސްޓިޔަން ލިކޮރްނިޔު އަނެއްކާ ވެސް ޢައްޔަން ކޮށްފިއެވެ. އޭނާ އެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ރައީސް އިމަނުއެލް މެކްޚްރޮނެވެ. އަލުން އޭނާ އެ މަޤާމަށް ޢައްޔަން ކުރައްވާފައި މި ވަނީ، އެ މަޤާމުން އޭނާ އިސްތިޢުފާ ދެއްވިތާ ހަތަރު ދުވަސް ފަހުންނެވެ. ބޮޑުވަޒީރު ކަމުގެ މަޤާމުން 39 އަހަރުގެ ލެކޯނޫ އިސްތިޢުފާ ހުށަހަޅުއްވާފައި ވަނީ އޮކްޓޫބަރު 5ވަނަ ދުވަހުއެވެ. އަދި، އެއާ ޖެހިގެން އައި ދުވަހު ރައީސް އިމަނުއެލް މެކްޚްރޮން ވަނީ އޭނާގެ އިސްތިޢުފާ ޤަބޫލު ކުރައްވާފައެވެ. ނަމަވެސް، މެކްޚްރޮންގެ އޮފީހުން ބުނީ، އެ މަޤާމަށް ލިކޮރްނިޔު އަލުން ޢައްޔަންކޮށް، އައު ކެބިނެޓެއް އެކުލަވައިލުމުގެ ފުރުޞަތު ދީފައިވާ ކަމުގައެވެ. އެ މަޤާމަށް ލިކޮރްނިޔު އަލުން ޢައްޔަން ކޮށްފައި މި ވަނީ، ސިޔާސީ ޕާޓީތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުއެެވެ.
“އަޅުގަނޑު މި ޒިންމާ ޤަބޫލު ކުރަން، މި ޖުމްހޫރިއްޔާގެ ރައީސް އަޅުގަނޑަށް މަތިކުރައްވާފައިވާ ޒިންމާއަކީ މި އަހަރުގެ ނިމުމުގެ ކުރިން ފަރަންސޭސިވިލާތުގެ ބަޖެޓު ފާސް ކުރުން، އަދި ޢާންމު ރައްޔިތުންނަށް ކޮންމެ ދުވަހަކު ވެސް ކުރިމަތިވަމުންދާ ދަތިތަކުން އެ މީހުން ސަލާމަތް ކުރުން،” މީސްމީޑިޔާގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ލިކޮރްނިޔު ލިޔުއްވިއެވެ. ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ ސިޔާސީ ކާރިސާއަށް ނިމުމެއް ގެނައުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު، އެ މަޤާމުން އޭނާ ފުރަތަމަ އިސްތިޢުފާ ދެއްވާފައި ވަނީ ވެސް ބަޖެޓު ފާސްކުރުމުގައި ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެންނެވެ. ބަޖެޓާ މެދު އެެއްބަސްވުމަކަށް އައުމަށް ޤާނޫނު ހަދާ މަޖިލީހުގައި ތަމްސީލު ކުރާ ޕާޓީތަކުގެ މެދުގައި ވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. މީގެ އިތުރުން، ފަރަންސޭސިވިލާތުގެ ސިޔާސީ މަސްރަޙު ހޫނުވެފައި މި ވަނީ، އެ ޤައުމަށް ދަރަނީގެ ބޮޑު މައްސަލައެއް ވެސް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އައު ސަރުކާރެއް އެކުލަވައިލައި، 2026ވަނަ އަހަރުގެ ބަޖެޓު ފާސް ކުރުމަށް ލިކޮރްނިޔުއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. މި ކަމަށް އޮތް އެންމެ ބޮޑު އެއް ސަބަބަކީ، މެކްޚްރޮންގެ ރައީސް ކަމުގެ ދަށުން އުފައްދާ އެއްވެސް ސަރުކާރެއްގައި ބައިވެރިވުމަށް އެ ޤައުމުގެ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީން ފަސްޖެހެމުން ދިޔުމެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
