
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޮބެލް ޞުލްޙައިގެ އިނާމު ހޯއްދެވުމުގެ އުންމީދުގައި މަސައްކަތް ކުރައްވަމުންދިޔަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އެ އިނާމު ނުލިބުމުން ހިތްހަމަޖެހިވަޑައިނުގެންފިއެވެ. ޝަރަފްވެރި ނޮބެލް ޞުލްޙައިގެ އިނާމު އެންމެ ހައްޤުވާ ފަރާތަކީ ޓްރަމްޕް ކަމަށް އޭނާ ދައުވާ ކުރައްވަމުން ދިޔަ ނަމަވެސް އެ އިނާމު ލިބިފައި ވަނީ އެމެރިކާއިން ބާރުވެރި ކުރުވާ އަދި ޔަހޫދީންގެ ހައްދުފަހަނައެޅި އަނިޔާވެރި ފިކުރަށް ތާއީދުކުރާ ވެނެޒުއެލާގެ މާރިޔާ ކޮރީނާ މަޗާއޯއަށެވެ. އޭނާއަކީ ވެނެޒުއެލާގެ އިދިކޮޅު ޕާޓީގެ ލީޑަރެެވެ. މަޗާއޯއަށް ނޮބެލް ޞުލްޙައިގެ އިނާމު ލިބިވަޑައިގެންފައި ވަނީ ވެނެޒުއެލާއިން ހުދުމުހުތާރުކަން ފޮހެލުމަށް އޭނާ ކުރައްވަމުންދާ މަސައްކަތަށެވެ. މަޗާއޯއަށް އެ އިނާމު ދިނުމަށް ކަމާބެހޭ ކޮމިޓީއިން ނިންމާފައި ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިންނެވެ.
ކޮންމެ އަހަރަކު ވެސް ދޭ ނޮބެލް ޞުލްޙައިގެ އިނާމަކީ ފާއިތުވި އަހަރުގެ ތެރޭގައި ޞުލްޙަ ޤާއިމް ކުރުމަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ދޭ އިނާމެކެވެ. އެހެންކަމުން މި އަހަރުގެ އިނާމު ދެނީ 2024ވަނަ އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށެވެ. ޓްރަމްޕްއާއި އޭނާގެ ވާގިވެރިން ވަނީ ޓްރަމްޕްއަށް އެ އިނާމު ނުލިބޭނެކަން އިނގުމުން ރަސްމީ ބަޔާންތައް ނެރި އެ އިނާމު ދޭ ކޮމިޓީއަށް ފާޑުކިޔައިފައެވެ. އެ ކޮމިޓީއިން ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހެނީ ކަމަށް އެ ބަޔާންތަކުގައި ތުހުމަތުކޮށްފައިވެއެވެ. ނޮބެލް ސުލްޙައިގެ އިނާމު ބޭނުންފުޅުވާކަމުގެ އިޝާރާތްތައް އެކި ފަހަރުމަތިން ޓްރަމްޕް ވަނީ ކުރައްވައިފައެވެ.
ޖޫން 20ވަނަ ދުވަހު ޓްރަމްޕް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނެެވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސަައްކަތްތަކާއި، ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ލިސްޓެއް މީސް މީޑިޔާގައި ޝާއިޢު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި އަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމުގެ މޭސްތިރިއަކީ އޭނާ ކަމުގައެވެ. އަދި، ވެރިކަމުގެ ފުރަތަމަ ދައުރުގައި ޔަހޫދީންނާއި މުސްލިމް ޤައުމުތަކާ ދެމެދު ގުޅުން ޤާއިމު ކުރުމަށް އިބްރާހީމް މުޢާހަދާ އެކުލަވައިލެއްވި ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ނޮބެލް ކޮމިޓީގެ އިސްވެރިޔާ، ޔަރްގަން ވަތުން ފްރީޑްނެސް ވިދާޅުވީ ނޮބެލް ޞުލްޙައިގެ އިނާމު ހޯދުމަށް އަމަލުކުރަންޖެހޭ ގޮތްތައް އެ ކޮމިޓީއިން ކިޔައި ނުދޭނެ ކަމަށާއި، އެ ކޮމިޓީގެ ޒިންމާއަކީ އިނާމު ލިބޭ ފަރާތް ކަނޑައެޅުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
