
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ދިވެހިރާއްޖެ އާއި ތަޖިކިސްތާނު ބައްދަލުކުރާ މެޗު ޕްރޮމޯޓް ކުރުމަށް ކުރިޔަށް ގެންދިޔަ “ފޯރީގައި ދަނޑަށް” އިވެންޓަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި މެޗުގެ ޓިކެޓް ވިއްކުމާއި ގައުމީ ޓީމުގެ ޖާޒީ އަގުހެޔޮކޮށް ވިއްކުން ކުރިޔަށްދިޔަ މި އިވެންޓްގައި ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުން އަދި އެފްއޭއެމްގެ ބައެއް އިސްވެރިން ބައިވެރިފައެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންގެ އޮޓޯ ގްރާފް ނެގުމާއި ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯ ނެގުމާއި ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތްތަކުން މި ފަހުން ލިބިފައިވާ ތަށިތަކާއެކު ފޮޓޯ ނެގުންވެސް ކުރިޔަށް ދިޔައެވެ.

(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ކުޑަކުދިންގެ މެދުގައި މަގްބޫލު ރޯބޯމޭންގެ ހަރަކާތްތަކާއި ބިދަބިންގ ގްރޫޕްގެ ބޮޑުބެރާއި ނެށުމުގެ އިތުރުންވެސް ކުޑަކުދިން ގަޔާވާ ހަރަކާތްތައް މި އިވެންޓުގައި ކުރިޔަށް ގެންދިޔައެވެ. “ފޯރީގަ ދަނޑަށް” މި އިވެންޓަކީ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެއާއި ތަޖިކިސްތާން ބައްދަލުކުރާ މެޗުގެ އިތުރުން 18 ނޮވެމްބަރުގައި ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރާ މެޗު ޕްރޮމޯޓްކޮށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި އިވެންޓެކެވެ. ގައުމީ ޓީމުން އެދެނީ ރާއްޖޭގައި ކުޅޭ މެޗުތަކަށް ވީހާވެސް ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑަށް ވަދެ ރަތްކުލައިން ގައުމީ ފުޓްބޯޅަ ދަނޑު ފުރާލަދިނުމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
