
އަސާސީ ޚިދުމަތްތައް ޤާއިމުކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އާބާދީގެ ކުޑަ ބޮޑުމިނަށް ބަލައި ތަފާތުކުރުން ނުގެންގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެކަން އެމަނިކުފާނު ދާދިފަހުން އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް ވަނީ ހާމަވެގެންގޮސްފައެވެ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން އެތައް މަޝްރޫޢެއްގެ މަސައްކަތް ކުންފުނިތަކާ ވަނީ ޙަވާލުކޮށްފައެވެ. އަދި އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށްރަށަށް އެންމެ ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވާ، މުޅި އަތޮޅަށް ކުރިއެރުން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ދެއްވާފައެވެ.
ރައްޔިތުންގެ ގާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން އދ. އަތޮޅަށް މިމަހުގެ 6 އިން 8 އަކަށް ކުރެއްވި ދަތުރުފުޅުގައި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަނީ ވަޑައިގެންފައެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 10 ރަށް އޮތްއިރު، މުޅި އަތޮޅުގެ އާބާދީ 14،000 އަށްވުރެ މައްޗަށް އަރައެވެ. މިއީ ރާއްޖޭގެ ނިސްބަތުންވެސް ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ސަރަޙައްދެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅަށް ކުރެއްވި 3 ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ދުވަހު 5 ރަށަކަށް ވަނީ ވަޑައިގެންފައެވެ. އެއީ ދަނގެތި، ދިގުރަށް، ދިއްދޫ، ފެންފުށި އަދި މާމިގިއްޔެވެ. ދެވަނަ ދުވަހު އެމަނިކުފާނު ވަޑައިގަތީ ހަންޏާމީދޫ، އޮމަދޫ، އަދި އަތޮޅުގެ ވެރިރަށް މަހިބަދޫއަށެވެ. ފަހު ދުވަހު އެމަނިކުފާނު ވަޑައިގަތީ ކުނބުރުދޫ އަދި މަންދޫއަށެވެ. މި ދަތުރުފުޅުގެ ތެރެއިން އދ. އަތޮޅުގެ ރަށްރަށުގައި ސަރުކާރުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން 30 އަށްވުރެ ގިނަ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވެއެވެ. އަދި 15 މަޝްރޫޢެއްގެ އަމަލީ މަސައްކަތްކުރުމަށް އެކި ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
މީގެ ތެރޭގައި ސިއްޙީ މަރުކަޒުތަކާއި ސްކޫލުތަކުގެ ޖާގަ އިތުރުކުރުމަށް ހިންގާ މަޝްރޫޢުތަކާއި، ކައުންސިލްތަކުގެ އައު އިމާރާތްތަކާއި، ޕޮލިސް ޕޯސްޓުތައް ޤާއިމުކުރުމާއި، މަގުހެދުމާއި، ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދިނުން ހިމެނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން އދ. އަތޮޅުގެ 4 ރަށެއްގައި ބީއެމްއެލްގެ ފަރާތުން ބަހައްޓާފައިވާ އޭޓީއެމްތައް ހުޅުވާފައިވާއިރު، މިއާއެކު މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތްވަނީ ފުޅާވެގެންގޮސްފައެވެ. ހަމައެހެންމެ މަހިބަދޫގައި ފެށި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަދުވެގެން މީހުން ދިރިއުޅޭ އެއްރަށުގައި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތާއި ޕާސްޕޯޓުގެ ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުފުޅު ވަނީ ފުރިހަމަކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ އދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި، މުއައްސަސާތަކުގެ ވެރިންގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވާ، ރަށްރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން އޮޅުންފިލުއްވާ، އެކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ވަނީ ހިއްސާކުރައްވާފައެވެ. ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރު ޙަވާލުވިއިރު އެރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަވަސްކޮށްދެއްވާ، މި ސަރުކާރުން ހިންގާ މަޝްރޫޢުތައްވެސް ނުހުއްޓި ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށްރަށުގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެކަމުގެ ޔަޤީންކަން އަތޮޅުގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
