
މިއަދު މުޖުތަމަޢުގައި ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާމެދު ދީނުގައި އަންގަވާފައިވާ އުސޫލުތަކަށް އިހުމާލުވުމުންކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. ހުކުރު ޚުތުބާގެ މަޢުޟޫއަކީ “މުދަލުގެ ޙުރުމަތް” މި މަޢުޟޫއެވެ. އަދުގެ މުޖުތަމަޢުގެ ޙާލާމެދު ފިކުރު ހިންގާލާއިރު، އަހަރުމެންނާ ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ މުދަލާމެދު ދީނުގައި އަންގަވާފައިވާ އުސޫލުތަކަށް އިހުމާލުވުމާއެކުގައިކަމަށާއި، މުޖްތަމަޢުގައި މިހާރު އާންމުވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި، ރިޝްވަތާއި، އަމިއްލަ މަސްލަހަތު އިސްކުރުމާއި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުންފަދަ އެންމެހައި ކަންކަމުން ދުރުހުލިވުމަށް ދީނުގައި ބާރުއަޅުއްވާފައިވާކަން ހުކުރު ޚުތުބާގައި ފާހަގަކުރެއްވިއެވެ.
އަދި ހަލާލު ގޮތުގައި މުދާ ހޯދުމަކީ، މުދަލުގައި ބަރަކާތްލައްވާނެ ކަމެއްކަމަށާއި، އަދި އެއީ އަހަރުމެންގެ ޢަމަލުތައް މާތްﷲގެ ހަޟްރަތުގައި ޤަބޫލުވެވޭނެ ކަމެއްކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. “އިސްލާމްވުމާއެކު، މާތްﷲ އެމީހަކަށް ފުދުންތެރިކަންދެއްވައި، އަދި އޭނާއަށް އެކަލާނގެ ދެއްވި އެއްޗެއްގެ މައްޗަށް ރިހިގެންވާ މީހާ، ހަމަކަށަވަރުން ކާމިޔާބުވެއްޖެއެވެ.” ޚުތުބާގައި ވިދާޅުވިއެވެ. މާތްﷲ އިންސާނާއަށް ދެއްވާ މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ފާހަަގަކުރައްވާ ހުކުރު ޚުތުބާގައި ވިދާޅުވީ، އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްޤަކާނުލައި އަރައިގަތުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާކަމެއްކަމަށެވެ. އަދި ބާތިލު ގޮތުގައި އެހެން މީހުންގެ މުދާ ނުކެއުމަށާއި، ހެޔޮގޮތުގައި ވިޔަފާރިކޮށްގެން ނުވަތަ ދީނުގައި ހުއްދަ ކުރައްވާފައިވާ މަސައްކަތެއްކޮށްގެން މުދާ ހޯދުމަށް ހުކުރު ޚުތުބާގައި ގޮވާލެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
ހުކުރު ޚުތުބާގައި ވަނީ، އެއްވެސް އިންސާނަކަށް މާތްﷲ ކަނޑައަޅުއްވާފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރީން އޭނާގެ އަޖަލާ ބައްދަލެއް ނުކުރާނެކަން ހަނދާންކޮށްދެއްވާފައެވެ. އަދި ޙަރާމްގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތްކެނޑޭނޭކަމެއްކަމަށާއި، ކުރާ ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުމަށް ހުރަސްއެޅޭކަމެއްކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ އެމީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަމުގެ ބޮޑުކަމުގެ މައްޗަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުއްވާލެއްވިއެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
