
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކާމިޔާބުކަމާއި ދެމެހެއްޓެނިވިކަން ބިނާވެގެންދާނީ ޒިންމާދާރުކަމާއެކީ އަނބުރާ ފައިސާ ދެއްކުމުގެ މައްޗަށްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިނޭންސް ލިބޭ ކަމުގެ ލިޔުން ހަވާލުކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވަނީ މި ސްކީމުން ފައިނޭންސް ހޯދަމުންދާ ފަރާތްތައް ސަމާލުކަން ދޭންވީ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ޝަރީފް ވިދާޅުވީ ހިޔާވެހި ފައިނޭންސް ސްކީމަކީ ހިލޭ އެހީގެ ސްކީމެއް ނޫންކަމަށާއި، ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ފައިނޭންސިން އަނބުރާ ދެއްކުމުގެ ޒިންމާ ގަވާއިދުން އަދި ވަގުތަށް އަދާކުރުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ހިޔާވެހި ސްކީމާއި، މުސްތަގްބަލުގައި ހިންގާ މިފަދަ އެހެން ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ކާމިޔާބުކަމާއި ދެމެހެއްޓެނިވިކަން ބިނާވެގެންދާނީ ޒިންމާދާރުކަމާއެކީ އަނބުރާ ފައިސާ ދެއްކުމުގެ ސަގާފަތުގެ މައްޗަށްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިފަދަ މުހިންމު ސްކީމްތަކުން ފައިސާ ލިބޭ ފަރާތްތަކުން އެމީހުންގެ މާލީ ޒިންމާ އަދާނުކޮށްފިނަމަ، މުޅި ސްކީމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި ފައިސާދެއްކުމުގެ ޕަރފޯމަންސް ދަށްވެއްޖެނަމަ މުސްތަގުބަލުގައި މިފަދަ ސްކީމްތައް ކުޑަރޭޓްތަކުގައި ލުއި ޝަރުތުތަކާއި އެކު ނުހިންގި ހިނގައިދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. “ކަސްޓަމަރުންނަށް ބޭންކުން ދޫކުރެވޭ ފައިނޭންސަށް ބަރާބަރަށް ފައިސާ ދެއްކުމުން، މިފަދަ އިތުރު މަޝްރޫއުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެހީތެރިވުމުގެ ފުރުސަތު ބޭންކަށް ފަހިވޭ. އަނބުރާ ފައިސާ ދެއްކުމަކީ ހަމައެކަނި އެއްބަސްވުމެއްގެ ދަށުން އޮތް ޒިންމާއެއް ނޫން. އެއީ ހުރިހާ ދިވެހިންނަށް އަތްފޯރާފަށުގެ ފައިނޭންސިންގ ލިބިދިނުމަށާއި މުސްތަގުބަލުގައިވެސް އެނިޒާމް ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއް.” ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ ދިވެހި ރައްޔިތުންގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށް ލުއި ގޮތެއް ބޭނުންވެފައިވާ ފަރާތްތަކަށް، ބޯހިޔާވަހިކަން ގާއިމްކުރެވޭނެ މަގު ފަހިކޮށްދިނުނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ހިންގާ ފައިނޭންސްސިން ޕްރޮގްރާމެކެވެ. މިއީ %5 ރޭޓުގައި ހިންގާ އިސްލާމިކް ފައިނޭންސިން ޕްރޮގްރާމެކެވެ. ފައިނޭންސިން އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭނެއެވެ. އެއީ 18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެންނެވެ. އިކުއިޓީގެ ގޮތުގައި ހަމަޖައްސަން ޖެހޭ %20 ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށް ވެސް ހަމަޖެއްސޭނެ އެވެ. “ހިޔާވެހި” ފައިނޭންްސިން ހޯދާ މީހުން އިމާރާތް ކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވާނެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
