
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ވަރަށް އަވަހަށް ރާއްޖެ ޒިޔާރާތްކުރާނެކަމަށް އޭނާ ބުނެފިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން އިންސްޓަގްރާމުގައި ޕޯސްޓުކުރި ރީލްއެއްގައި ކެޓްރީނާ ބުނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ އޭނާއަށް ލިބުނު ވަަރަށް ބޮޑު އުފަލެއްކަމަށެވެ. އޭނާ ބުނީ ރާއްޖެއަކީ ޤުދުރަތީ ރީތިކަމާއި މަތީ ފަންތީގެ ޚިދުމަތުގެ ނަމޫނާއަކަށްވާއިރު، ރާއްޖެ ތަފާތުވާގޮތް ދުނިޔޭގެ އެކި ކަންކަޅުތަކުގެ މީހުންނަށް ކިޔައިދީ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކެތްމަދުވެފައިވާކަމަށެވެ.
“ސުވަރުގެއެއް ފަދަ ރާއްޖެ ތަޖުރިބާކޮށްލަން ޖެހޭ. ވަރަށް އަވަހަށް ރާއްޖެއިން ބައްދަލުވާނަން،” ކެޓްރީނާ ބުނެފައިވެއެވެ. ރާއްޖޭގެ ސާފު މޫދާއި ތަފާތު ދިރުންތަކުން ފުރިފައިވާ ކަނޑާއި ހަމަހިމޭން މާހައުލަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ތަޖުރިބާ ނުކުރެވޭނެ ކަންކަންކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ނަމަވެސް، ކެޓްރީނާ ރާއްޖެ އަންނާނެ ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެއެެވެ. އަލަތު ދަރިފުޅަށް ބަލިވެއިން ކެޓްރީނާ މި މަހު ވިހާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މިދިޔަ ޖޫން މަހު ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ކެޓްރީނާ ހަމަޖެއްސި އިރު، މި ޕާޓްނާޝިޕްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައްކުރަން ދުނިޔޭގެ ގިނަ ޓޫރިސްޓުންނަށް ހިތްވަރު ދިނުމެވެ.
ކެޓްރީނާ ކައިފް ރާއްޖޭގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، ނެޓްފްލިކްސްގެ “ވަން ޕީސް” ސީރީޒްގެ ތަރި ޓެޒް ސްކައިލާވެސް ވަނީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. ސްކައިލާ ވަނީ މިދިޔަ އޮގަސްޓު މަހު ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
