
(ފޮޓޯ ކްރެޑިޓްސް: މީރާ)
ނިމުނު ސެޕްޓެންބަރު މަހު މީރާއިން 3.01 ބިލިޔަން ރުފިޔާގެ އާމްދަނިއެއް ބަލައިގެންފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.7 އިތުރު އަދަދެކެވެ. އަދި، ސެޕްޓެންބަރު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %33.7 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މިއަހަރުގެ ސެޕްޓެންބަރު މަހުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިން ލިބުނު އާމްދަނީ އިތުރުވުމެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވުމާއި ގުޅިގެންނެވެ. މިއީ، މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު މިއަހަރުގެ އޮގަސްޓު ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %9.0 އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ.
މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް ސެޕްޓެންބަރު 2025 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ސެޕްޓެންބަރު މަހަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %33.7 އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ރިޒޯޓުތަކުގެ ކުލި އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ ގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ ސެޕްޓެންބަރު މަހު ދައްކައިފައިވުމުން، އަންދާޒާކުރި އާމްދަނީއާ އަޅައިބަލާއިރު ލިބުނު އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެފައިވެއެވެ. މި ފީއަކީ އެއްފަހަރު ދައްކާ ފީއަކަށްވުމުން، އާމްދަނީގެ އަންދާޒާތަކުގައި މި ފީ ހިމަނާފައި ނުވެއެވެ. މީގެ އިތުރުން، ސެޕްޓެންބަރު 2025 ގައި ލިބިފައިވާ އާމްދަނީގެ %14.9 އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. މީގެ އިތުރުން، އާމްދަނީގެ %6.4 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް މީރާއިން ވިދާޅުވެއެވެ.
ސެޕްޓެންބަރު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %40.5 ނުވަތަ 1.22 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިންއެވެ. އެއީ 507.2 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 404 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204.3 މިލިޔަން ރުފިޔާ، ޑިޕާރޗަރ ޓުކުހުގެ ގޮތުގައި 199.1 މިލިޔަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 195.7 މިލިޔަން ރުފިޔާ ބަލައިގަނެފައިވެއެވެ. ސެޕްޓެންބަރު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 150.25 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
“ފުލުހުން ކުރަމުންދާ މަސައްކަތަކީ ނޫސްވެރިކަމަށްދޭ ހަމަލާއެއް ނޫން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް އޮންލައިން ނޫހަކުން ފެތުރި ދޮގު ތުހުމަތުތަކާ ގުޅިގެން ފުލުހުން ހިންގާ ތަހުޤީޤަކީ ނޫސްވެރިކަމަށް ދޭ ހަމަލާއެއް...
“ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމީ ޙުދޫދުގެ ތެރޭގައި ދަމަހައްޓަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމްދީނާއި ޤާނޫނީ އިމުގެ ތެރޭގައި ދެމެހެއްޓުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ...
މީޑިއާ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އައު ގަވާއިދަށް ޢަމަލުކުރަން ފަށައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާ ބެހޭ އައު ގަވާއިދު އެކުލަވައިލައި، މިއަދު ސަރުކާރުގެ ގެޒެޓުގައި...
މިނިވަންކަމާއެކު އިހްތިރާމް ހޯދައި އަދި ދޭންވެސް އެނގެންޖެހޭ: ވަޒީރު ސަޢީދު
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި އޮތް ނަމަވެސް، އެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު އަނެކުންގެ އިޙްތިރާމާއި ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތަށް ކަމަށް އިޤްތިޞާދީ...
ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ކުރިއެރުމެއް: ފަސްޓްލޭޑީ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީ އިފްތިތާޙްކޮށްދެއްވައި، ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ގައުމުގެ އަމަން ބެލެހެއްޓުމަށް...
ރައީސްއަށް ދޮގު ތުހުމަތުކުރި ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓައިފި
"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓަރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދޮގު ތުހުމަތުތަކެއް ކުރި މައްސަލައިގައި ފުލުހުން ވަނީ އެ ނޫހުގެ އޮފީސް...
