
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފޮރިންގ އިންވެސްޓްމެންޓްގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ގިނަ ދާއިރާތަކަކުން އިންވެސްޓްކުރުމުގެ ފުރުސަތު ދިވެހީންނަށް ފަހިވެގެން ގޮސްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އަލަށް ތަންފީޒުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ޤާނޫނާއެކު ދިވެހި ކޮންޓްރެކްޓަރުންނަށާއި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކިވަރެއްގެ މަސައްކަތްތަކެއް ޚާއްސަކޮށްފައިވާތީ އެކަން ފާހަގަކޮށް މަސީން ބަޔާނެއް ނެރުމާއި ގުޅިގެންނެވެ.
ފޮރިންގ އިންވެސްޓްމަންޓް ޤާނޫނަށް އިސްލާޙުތަކެއް ގެނެސް ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ. 1979 ވަނަ އަހަރު ފާސްކުރި މިޤާނޫނަށް ޒަމާނާ އެއްގޮތަށް ބަދަލުތައް ގެނެސް ޢަމަލު ކުރަން ފަށާފައިވާއިރު މީގެ ސަބަބުން ކުރިއަރަމުން އަންނަ ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިޤާނޫނަށް ގެނައި އިސްލާޙުތަކުގެ ތެރޭގައި ދިވެހީން ޙަރަކާތްތެރިވެ ކުރިއަރަމުން އަންނަ ބައެއް ސިނާޢަތްތަކުގައި ދިވެހީންނަށް އެކަނި ފުރުސަތު އޮންނަގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ވަކި ވަރަކަށްވުރެ ކުޑަ އިންވެސްޓްމަންޓްތަކަށްވެސް ބޭރުގެ އިންވެސްޓަރުންނަށް ކުރިމަތިނުލެވޭނެހެން ވަނީ އުސޫލުތައް ބަދަލުކޮށްފައެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަމްސީލުކުރާ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން ނެރުނު ބަޔާނުގައި ވަނީ ސަރުކާރުން ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު ދިވެހި ކޮންސްޓްރަކްޝަން މަސައްކަތްތެރިންނަށް ލިބިގެންދާނެ ކުރިއެރުން ފާހަގަކޮށް އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިބަދަލު ގެނައުމުގެ ކުރިން ސަރުކާރުން އެ އެސޯސިއޭޝަނާއެކު މަޝްވަރާކޮށް ހުށައަޅާފައިވާ ހުށެއެޅުންތައް ބަލައިގެންފައިވާތީ އެކަންވަނީ ފާހަގަކޮށްފައެވެ.
ދިވެހީންނަށްހުރި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރެއްވުމަކީ ރައީސް ޑރ.މުޙަންމަދު މުޢިއްޒު އިސްކަންދެއްވާ އެމަނިކުފާނުގެ މެނިފެސްޓޯގެ ވަޢުދެއް.
ފޮރިންއިންވެސްޓްމަންޓު ޤާނޫނެއް ރާއްޖޭގައި ފާސްވެފައިވަނީ 1979ވަނައަހަރު!
45އަހަރުގެ ދިގުމުށްދަތަކަށްފަހު، އަލަށް ފާސްކުރެވުނު… https://t.co/1q9uEEtJfA— Mohamed Saeed (@em_saeed) October 9, 2025
މަސީގެ ބަޔާނާ ގުޅިގެން އިޤްތިޞާދާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދިވެހީންނަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވަޢުދެއްކަމަށެވެ. އަދި ދިގު މުއްދަތަކަށްފަހު ފޮރިންގ އިންވެސްޓްމަންޓްގެ ޤާނޫނަށް ބަދަލު ގެނައުމުގައި ސަރުކާރުން އެކި ސިނާޢަތްތަކުގެ ޚިޔާލާއި ވިސްނުން ބަލާ މަޝްވަރާކޮށްފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރީގެ ޤާނޫނާއި ޚިލާފަށް ސަރުކާރުން ގެނައި ބަދަލުތަކާއެކު ގިނަ ދާއިރާތަކެއް ދިވެހީންނަށް ޚާއްސަކުރެވިފައިވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ރާއްޖޭގައި އިންވެސްޓުކުރާ ބޭރުގެ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަންވެސް މިއާއެކު ކަށަވަރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އަލަށް ގެނައި ބަދަލުތައް ގެނައުމުގައި ބޭރުގެ އެކި މިންގަނޑުތަކަށް ބަލާފައިވާނެކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ފޮރިންގ އިންވެސްޓްމަންޓް ޤާނޫނަށް އަލަށް ގެނައި ބަދަލުތަކާއެކު ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުކަމަށް ބެލެވޭ އިތުރު ބައެއް ދާއިރާތައް ދިވެހިންނަށް ހާޢްސަކޮށް ނުވަތަ އިންވެސްޓްމެންޓް ފުރުސަތު ބޭރުގެ ފަރާތްތަކަށް ވަނީ ހަނިކޮށްފައެވެ. އޭގެތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ އިތުރުން 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ. މި ދާއިރާތަކަކީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް އޮތް އަދި އިންވެސްޓް ކުރުމުގެ ބާރުވެރިކަން ހުރި ދާއިރާތައްކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
