
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވެވުނު އެއްބަސްވުން ތަންފީޒުކުރަން ފަށައި، ޔަހޫދީ ލަޝްކަރު ފަހަތަށް ޖެހުމުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ތިބި އެ ސަހަރުގެ އެތައް ސަތޭކަހާސް ރައްޔިތުން އެ މީހުންގެ އަވަށްތަކަށް އަނބުރާ ދާން ފަށައިފިއެވެ. ޣައްޒާގެ އުތުރުގައި އޮންނަ އައްސޭރި މަގުތަކުން އެތައް ހާސް ބަޔަކު ދަނީ ޣައްޒާ ސިޓީއަށް ދިޔުމަށް ފައިމަގުގައި ދަތުރު ފަށައިފައެވެ. ޣައްޒާ ސިޓީއަކީ އެއްބަސްވުން ޤާއިމްކުރުމާ ހަމައަށް, ފަހުގެ ދުވަސްތަކުގައި ޔަހޫދީންގެ ޙަމަލާތައް އެންމެ ބޮޑަށް އަމާޒުވަމުން ދިޔަ ސަރަޙައްދެވެ.
ހަނގުރާމައިގެ ކުރިން ޣައްޒާ ސިޓީގެ ޝައިޚް ރަދްވާން އަވަށުގައި ދިރިއުޅެމުން ދިޔަ އުމުރުން 40 އަހަރުގެ އިސްމާއިލް ޒައިދާއަކީ ވެސް ދިރިއުޅެމުން ދިޔަ ގެ ހުރި ސަރަޙައްދަށް އަނބުރާ ގޮސްފައިވާ މީހެކެވެ. އޭނާ ބުނީ ދެ އަހަރުގެ ހަނގުރާމައަށް ފަހު ވެސް އޭނާގެ ގެ ނުވެއްޓި ކޮޅަށް ހުރި ކަމަށެެވެ. ނަމަވެސް ގެއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި އަވަށްޓެރިންގެ ގެތައް ވެސް ސުންނާފަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ. މުޅި އަވަށް ހަލާކުވެ ގޮސްފައިވާ ކަމަށް އޭނާ ބުނެއެވެ. ޣައްޒާގެ ދެކުނުގައި ތިބި މީހުން ވެސް ދަނީ އެ ސަހަރުގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ގޮތުގައި އޮތް ޚާން ޔޫނިސް މަގުން އެ މީހުންގެ އަވަށްތަކަށް ދާން ފަށައިފައެވެ. ޔަހޫދީ ސިފައިން މި އަހަރުގެ ކުރީކޮޅު ވަނީ އެ ސިޓީ އެއްކޮށް ސުންނާފަތިކޮށް ބިމާ ހަމަކޮށްލައިފައެވެ.
މެދު އުމުރުގެ މީހެއް ކަމަށްވާ އަޙްމަދު އަލް-ބްރިމް އޭނާގެ ޢާއިލާއާއެކު ޚާން ޔޫނިސްގެ މަގުތަކުން ދަތުރުކުރަމުން ދިޔައީ ބައިސްކަލަކަށް ދަރުކޮޅުކޮޅު ބަރާކޮށް، އެ ބައިސްކަލު ދަމަމުންނެވެ. އޭނާ ބުނީ ހަނގުރާމަ ނިމުނު ކަމުގައިިވި ނަމަަވެސް ކެއްކުމަށް ދަރު ބޭނުންވާނެ ކަމަށެވެ. އޭނާގެ ގެ ހުރި ސަރަޙައްދަށް ދިޔައިރު މުޅި ސަރަޙައްދު ވަނީ ހަލާުކުވެ ގޮސްފައި ކަމަށާއި، ސުންނާފަތިވެފައިވާ އޭނާގެ ގެއިން އަނބުރާ ގެންނަން ލިބުނު ހަމައެކަނި އެއްޗަކީ އެ ދަރުތައް ކަމަށް އޭނާ ބުންޏެވެ. އެއްވެސް ފަރުނީޗަރެއް ވެސް އަންނައުނެއް ވެސް ސަލާމަތުން ނެތް ކަމަށް އޭނާ ބުންޏެވެ. ދެން ދާނީ ކޮން ތަނަކަށް ކަން ހުދު އޭނާއަށް ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އުމުރުން 40 އަހަރުގެ މަހްދީ ސަގްލާ ބުނީ ޢުދުވާން ހުއްޓާލުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރި ކަމުގެ ޚަބަރު ލިބުމާއެކު އޭނާއާއި އޭނާގެ ޢާއިލާ ޣައްޒާގެ އުތުރަށް އަނބުރާ ދިޔުމަށް ހިނގައިގައިން ކަމަށެވެ. ހުރިހާ އިމާރާތްތައް ބިމާ ހަމަވެފައިވާ ނަމަވެސް އަމިއްލަ ގެދޮރު ކުރިން ހުރި ތަނަށް އަނބުރާ ދެވުމުން ކުރެވެނީ އުފާވެރި އިޚްސާސެއް ކަމަށް އޭނާ ބުންޏެވެ. ފޭލިގެތަކުގައި އާއި އެހެނިހެން ތަންތަނުގައި ދެ އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވަންދެން އުޅެން ޖެހުމަށް ފަހު، ސުންނާފަތިވެފައިވާ ގެ ހުރި ސަރަޙައްދަށް ދެވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ. ޙަމާސުން ބުނީ، އެއްބަސްވުމަށް އަމަލު ކުރަން ފަށާތާ 72 ގަޑިއިރުގެ ތެރޭގައި އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހުދީ އަސީރުން މިނިވަން ކުރުމުގެ މަސައްކަތް ފަށާނެ ކަމުގައެވެ. އޮކްޓޯބަރު 11ވަނަ ދުވަހު އަސީރުން މިނިވަން ކުރަން ފަށާނެ ކަމުގައި ޒަޔަނިސްޓު ދައުލަތުން ވެސް ވަނީ ބުނެފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބި އަސީރުންގެ އަދަދު 48އަށް އަރާ ކަމަށް ޤަބޫލު ކުރެއެވެ. އަދި، އޭގެ ތެރެއިން މި ވަގުތު ދިރިތިބީ 20 މީހުންނެވެ. އެ އެންމެންގެ އިތުރުން މަރުވެފައިވާ އަސީރުންގެ ހަށިތައް ވެސް ޙަމާސުން ޔަހޫދީންނާ ޙަވާލު ކުރާނެއެވެ. ނަމަވެސް، ޔަހޫދީންގެ ޙަމަލާތަކުގައި މަރުވެފައިވާ ހުރިހާ އަސީރުންގެ ހަށިތައް ހޯދުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައި ޙަމާސުން ވަނީ ބުނެފައެވެ.
އެއްބަސްވުމުގެ ދަށުން ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ 1,700އެއްހާ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، އެކި ކުށްތަކުގައި އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ އިތުރު 250 ގައިދީން ވެސް ދޫކޮށްލަން ޖެހޭނެއެވެ. މީގެ އިތުރުން، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީއާއި، ދެކުނުގައި އޮތް ރަފަޙް އަދި ޚާން ޔޫނިސުން ޔަހޫދީ ސިފައިން ފައިބަން ޖެހެއެވެ. އަދި، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، ފަސް މަގެއް ހުޅުވައިލަން ޖެހޭނެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
