
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ އިންޑިޔާގެ އެންބަސީ އަލުން ހުޅުވުމަށް އެ ޤައުމުން ނިންމައިފިއެވެ. އެ ޤައުމުން އެ ނިންމުން ނިންމާފައި ވަނީ އަފްޣާނިސްތާނުގެ ޠާލިބާން ޚާރިޖީ ވަޒީރު، އަމީރު ޚާން މުއްތަޤީ އިންޑިޔާއަށް ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ. ކާބުލްގައި ހުރި އިންޑިޔާގެ އެންބަސީ ބަންދުކޮށްފައި ވަނީ 2021ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމާ ޠާލިބާނުން ޙަވާލުވުމުންނެވެ. އެއީ އަފްޣާނިސްތާނުގައި ތިބި ވިލާތުގެ އަސްކަރީ ފައުޖު، ނޭޓޯގެ ސިފައިން އެ ޤައުމުން ފޭބުމަށް ފަހުގައެވެ. ނަމަވެސް 2022ވަނަ އަހަރުގެ ތެރޭގައި އިންޑިޔާއިން ވަނީ ވިޔަފާރި ބޭނުންތަކަށާއި ޞިއްޙީ ޚިދުމަތާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ މިޝަންއެއް އަފްޣާނިސްތާނުގައި ޤާއިމުކޮށްފައެވެ.
އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އިންޑިޔާއަށް ކުރަމުންދާ ދަތުރަކީ 2021ވަނަ އަހަރުގެ ފަހުން އެ ޤައުމުގެ އިސްވެރިއަކު އިންޑިޔާއަށް މި ފަދަ ދަތުރެއް ކުރާ ފުރަތަމަ ފަހަރެވެ. އިންޑިޔާއަށް މުއްތަޤީ ކުރަމުންދާ ހަ ދުވަހުގެ ދަތުރެއް ކުރަމުނ ދަނީ އޭނާއާ ދެކޮޅަށް ޤާއިމްކޮށްފައިވާ “ޓްރެވަލް ބޭން”ގެ ވަގުތީ އިސްތިސްނާއެއްގެ ދަށުންނެވެ. އެ ދަތުރުގައި އޭނާ ވަނީ އިންޑިޔާގެ ޚާރިޖީ ވަޒީރު، ސުބްރަމާންޔަމް ޖައިޝަންކަރާ ބައްދަލުކޮށް މަޝްވަރާތަކުގައި ބައިވެރިވެފައެވެ. އިންޑިޔާގެ އެންބަސީ އަލުން ހުޅުވުމަށް އެ ބައްދަލުވުމުގައި ނިންމާފައިވާއިރު، އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު ވެސް ވަނީ އެ ޤައުމުގެ ޚާރިޖީ މުވައްޒަފުން ނިއު ދިއްލީއަށް ފޮނުވާނެ ކަމަށް ބުނެފައެވެ. ޖައިޝަންކަރާ ބައްދަލު ކުރަމުން މުއްތަޤީ ވަނީ އަފްޣާނިސްތާނުން ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކޮށް، އެހެން ޤައުމަކަށް ޙަމަލާ ދިނުމަށް އަފްޣާނިސްތާނުގެ ފަސްގަނޑު ބޭނުން ކުރުމަށް ފުރުޞަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އަފްޣާނިސްތާނާއި އިންޑިޔާއިން ރަސްމީ ސިފައެއްގައި ގުޅުން ބަދަހި ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ އަފްޣާނިސްތާނުގެ ފުރިހަމަ އިސްތިއުލާލާއި ސަރަޙައްދީ ސަލާމަތްތެރިކަމާއި މިނިވަންކަމަށް ވަކާލާތު ކުރާ ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރާ ވަރަކަށް އަފްޣާނިސްތާނުގެ ކުރިއެރުމާއި ސަރަޙައްދީ ހަމަޖެހުމާއި ވިލުންތެރިކަން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ތާރީޚީ ގޮތުން ވެސް އަފްޣާނިސްތާނާއި އިންޑިޔާއާ ދެ ޤައުމަކީ ގާތް ދެ ޤައުމެވެ. ނަމަވެސް އިންޑިޔާއިން އަފްޣަނިސްތާނުގެ ޠާލިބާން ސަރުކާރު ބަލައެއް ނުގަނެއެވެ. މުއްތަޤީ ބުނީ ދެ ޤައުމުން މަސައްކަތް ކުރަމުންދަނީ ގުޅުން ބަދަހިކޮށް ކުރީގެ ގުޅުން އިއާދަ ކުރުމަށް ކަމަށެވެ. އިންޑިޔާއާއި އަފްޣާނިސްތާނާ ގުޅުން ބަދަހިކުރަމުން ދަނީ ދެ ޤައުމާއި، ދެ ޤައުމުގެ ވެސް އަވަށްޓެރި ޕާކިސްތާނާ އޮންނަ ގުޅުން ގޯސްަވެފައި ވަނިކޮށެވެ. އަދި އަފްޣާނިސްތާނުގައި އިންޑިޔާއާ އެންމެ ވާދަވެރި ޗައިނާގެ ނުފޫޒު އިތުރު ކުރުމަށް އެ ޤައުމުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޗައިނާއާއި ރަޝިޔާއާއި އީރާނާއި ޕާކިސްތާނާއި ތުުރުކީވިލާތް ހިމެނޭގޮތަށް 12 ވަރަކަށް ޤައުމުން ވަނީ އަފްޣާނިސްތާނުގައި އެންބަސީ ޤާއިމްކޮށްފައެވެ. ނަމަވެސް އެ ޤައުމުތަކުގެ ތެރެއިން ޠާލިބާން ވެރިކަން ރަސްމީކޮށް ބަަލައިގަނެފައިވާ ހަމައެކަނި ޤައުމަކީ ރަޝިޔާއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
