
އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ބްރެޒިލް ޓީމާއެކު ގެންދާނީ އަމިއްލަ އެދުން ނެތް ކުޅުންތެރިން ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ޔޫރަޕުގެ އެންމެ ކާމިޔާބު އަދި އެންމެ ތަޖުރިބާކާރު މިހެން ބުނީ ދެކުނު ކޮރެއާ އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. “އަހަރެން ބޭނުންވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ވާން ބޭނުންވާ ކުޅުންތެރިންނެއް ނޫން. އަހަރެން ބޭނުންވަނީ އަދި ޓީމަށް ނަގާނީ ވޯލްޑް ކަޕް ކާމިޔާބު ކުރަން ބޭނުންވާ ކުޅުންތެރިން. އެކަން މިހާރު ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭނެ،” އަންޗެލޮޓީ ބުންޏެވެ.
އޭނާ ބުނީ ބްރެޒިލް ޓީމުގައި ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި އެޓޭކިންގައި ބައެއް ފަހަރު ހަތަރެއް ނުވަތަ ފަސް ކުޅުންތެރިންވެސް ބައިވެރި ކުރެވިދާނެ ކަމަށެވެ. “އެކަމަކު އަދަދެއް ނޫން މުހިންމީ. ކޮލިޓީ މުހިންމީ. މޮޅަށް ކުޅޭ ކުޅުންތެރިން އަހަރެންނަށް މުހިންމީ ޓީމަށް ނަގަން. މޮޅު މީހެކޭ ކިޔާފައި ޓީމުން ފުރުސަތެއް ނުލިބޭނެ. އަހަރުމެން ތައްޔާރު މިވަނީ ވަކި ކަމަކަށް. އެހެންވީމާ ހުރިހާ ކުޅުންތެރިން ވެސް ތިބެންވާނީ އެކަމަށް ތައްޔާރު ވެގެން،” އަންޗެލޮޓީ ބުންޏެވެ. ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލް އަކީ ދުނިޔޭގެ އެންމެ ކާމިޔާބު ގައުމެވެ. ނަމަވެސް އެ ގައުމަށް މިހާރު ވޯލްޑް ކަޕް ނުލިބޭތާ 23 އަހަރުވެއްޖެ އެވެ. ބްރެޒިލް އެންމެ ފަހުން ވޯލްޑް ކަޕް އުފުލާލީ 2002 ވަނަ އަހަރު އެވެ. މިހެންވެ މިއީ ދުނިޔޭގެ ތަށި ހާސިލުނުކުރެވި ބްރެޒިލް އެންމެ ގިނަ ދުވަސް ހޭދަކުރި ފަހަރެވެ. މިހާތަނަށް ގައުމީ ޓީމަށް ކޯޗުކޮށްދެމުން އައި ބްރެޒިލްގެ ކޯޗުން ދޫކޮށް، އަމިއްލަ ގައުމުގެ ކޯޗުން ބޭތިއްބުމުގެ ޚިޔާލުވެސް ދޫކޮށްލުމަށްފަހު އަންޗެލޮޓީ ކޯޗަކަށް ގެންދިޔައީ މި އިންތިޒާމަށް ނިމުން ގެނައުމަށެވެ.
އޭނާ ބުނީ ޖޫން މަހު ބްރެޒިލާ ހަވާލުވެގެން ޓީމު ލައްވައި ކުޅުވަމުންދަނީ ތަފާތު އެކިއެކި ފޯމޭޝަނަށް ކަމަށެވެ. އަދި އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ބްރެޒިލްގެ މެދާފައި ފަހަތުގެ ގުޅުން ރަނގަޅުކަން ކަމަށެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް އޮންނާނީ އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
