
މެންޗެސްޓާ ޔުނައިޓެޑަށް މިހާރު ދިމާވެފައިވާ ނަތީޖާތައް ދަށްވުމުގެ މައްސަލަތަކާ ހުރެ ކޯޗުކަމުން ރުބެން އަމޮރިމް ވަކިކުރަން ދެކޮޅުހެދީ ކުޅުންތެރިން ކަމަށް އިނގިރޭސި މީޑިއާތަކުން ބުނަން ފަށައިފިއެވެ. ކުލަބުގެ އެންމެ އިސް ފަރާތްކަމަށް ޖިމް ރެޓްކްލިފް އާއި ކޯޗު އަމޮރިމްގެ ބައްދަލުވުމަށްފަހު އައު ކޯޗަކު ހޯދަފާނެ ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް ޔުނައިޓެޑުން އަމޮރިމަށް އިތުރު ވަގުތުދޭން ނިންމައި އެކަން އިއުލާނު ކުރީ ކުޅުންތެރިން ފަރާތުން ކޯޗަށް ފުރިހަމަ ތާއީދު އޮތްކަން ޔަގީންވުމުންނެވެ. އިނގިރޭސި މީޑިއާތަކުން ބުނަނީ ޔުނައިޓެޑްގެ އެކި ފެންވަރުގެ ވެރިން ފާއިތުވެދިޔަ ދެ ހަފުތާގައި ވަކިވަކިން ކުޅުންތެރިންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މި ގޮތުން އެއްވެސް ކުޅުންތެރިއަކު ކޯޗާމެދު ނުރުހުން ފާޅުކޮށްފައިނުވާ ކަމަށެވެ. އަމޮރިމްގެ ނަތީޖާތައް ކިތަންމެ ގޯސްވި ނަމަވެސް އޭނާގެ ބަދަލުގައި އައު ކޯޗެއް ހޯދަން މެނޭޖްމަންޓަށް ނުކެރުނީ މިހެންވެ ކަމަށެވެ.
ކުޅުންތެރިންގެ ފުރިހަމަ އިތުބާރު އޮތްކަން ޔަގީންވުމުން ރެޓްކްލިފް ވަނީ އަމޮރިމަށް ތިން އަހަރު ވަންދެން ވަގުތު ދޭނެ ކަމަށް އިއުލާނުކޮށްފަ އެވެ. ނަމަވެސް އޭނާ މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި ވަގުތު ހަރަކާތްތައް ބެހެއްޓި ގޮތުން ބޮޑީ ލޭންގްއޭޖްގެ ތަޖުރިބާކާރުން ބުނަނީ ރެޓްކްލިފް ތެދު ބަހުން ވާހަކަ ނުދައްކާ ކަމަށެވެ. އަދި ފޮރުވިފައިވާ ކަންތައްތައް އުޅޭ ކަމަށާއި ޔުނައިޓެޑްގައި އަމޮރިމަށް ހުރެވޭނެކަން އެކަކަށް ވެސް ޔަގީން ނޫން ކަމަށެވެ. ޔުނައިޓެޑްގެ ކޯޗުކަމާ އޭނާ ހަވާލުވީ ހުސްވި ސީޒަނުގެ މެދުތެރެއިންނެވެ. އެއަށްފަހު މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު މޮޅުވި މެޗުތަކަށްވުރެ ބަލިވި މެޗުތައް ގިނަ އެވެ. މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އަމޮރިމް ބުނެފައިވަނީ ޔުނައިޓެޑް ބިނާކުރަން ވަގުތު ބޭނުންވާ ކަމަށެވެ. އަދި ކޯޗެއްގެ ގޮތުގައި އޭނާ ގެންގުޅޭ އުސޫލުތައް ބަދަލު ނުކުރާނެ ކަމަށާއި އެކަންކަން ބަދަލު ކުރަން ބޭނުންވާނަމަ ޔުނައިޓެޑަށް އައު ކޯޗަކު ހޯދުމުގެ އިހްތިޔާރު ލިބިފައިވާ ކަމަށެވެ.
އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް މިހާތަނަށް ހޯދި އެންމެ ބޮޑު ކުރިއެރުމަކީ ހުސްވި ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލްގައި ކުޅުމެވެ. މިއަށްފަހު މި ސީޒަނަށް ވަނީ އަލަށް ބައެއް ކުޅުންތެރިން ގެނެސް ކުރިއަށްވުރެ ޓީމު ވަރުގަދަ ކޮށްފަ އެވެ. ނަމަވެސް ނަތީޖާތައް ގޯސްވުމުން ކުލަބުގެ ކުރީގެ ކުޅުންތެރިން ދަނީ އަމޮރިމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޔުނައިޓެޑް މިވަގުތު އޮތީ ހަތް މެޗުން 10 ޕޮއިންޓާއެކު ޓޭބަލުގެ 10 ވަނާގަ އެވެ. މިއީ އެއްވަނާގައިވާ އާސެނަލް އަށްވުރެ ހަ ޕޮއިންޓް މަދު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
