
(ފޮޓޯ ކްރެޑިޓްސް: ތިމާވެއްޓާއިބެހޭ ވުޒާރާ)
ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ކާމިޔާބީގެ ފަހަތުގައި ވަނީ ރަށްރަށުގެ މުސްސަނދި ސަޤާފަތާއި ހިތްގައިމު މާހައުލު ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމާއި ބެހޭ ވަޒީރު މިހެން ވިދާޅުވީ ގެސްޓް ހައުސް ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން އިންތިޒާމުކޮށްގެން ބާއްވާ ގެސްޓް ހައުސް ސިމްޕޯޒިއަމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ގެސްޓް ހައުސްތައް އަދާކުރާ ދައުރު ފުޅާކޮށް، ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ. އެއް ދުވަހުގެ މި ސިމްޕޯޒިއަމް މިއަހަރު ކުރިއަށް ގެންދަނީ ކްރޮސްރޯޑްސްގައެވެ.
މިސިމްޕޯޒިއަމް ހުޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފަތުރުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން ގެސްޓް ހައުސްތައް ކުރިއެރުވުމަށް ސަރުކާރުން އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ސިނާޢަތް މިހާރު ކުރިއަރާފައިވާ މިންވަރަށް ބަލައި، ރަނގަޅަށް ކުރެވުނު ކަންކަން ބަލައި އެގޮތަށް ޢަމަލުކުރަން ޖެހޭ ކަމަށެވެ. އަދި މިކާމިޔާބީގެ ފަހަތުގައިވަނީ ރަށްރަށުގެ ސަޤާފަތާއި ހިތްގައިމު މާހައުލު ކަމަށް ވިދާޅުވިއެވެ. މިއާއެކު ގެސްޓް ހައުސްތަކުން، މިކަން ދެމެހެއްޓެނިވި ގޮތަކަށް ގެންދިއުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ތިމާވެއްޓާއިބެހޭ ވުޒާރާ)
“ގެސްޓް ހައުސްތަކަށް މި ސިނަޢާތުގެ ދެމެހެއްޓެނިވިކަމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ. މިހާރުވެސް ވަރަށް ގިނަ ގެސްޓް ހައުސްތަކުން ޕްލާސްޓިކް ކުނި ނައްތާލުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދޭ. މިއަށް ވުރެ ގިނަކަކަން ކުރަވޭނެ. އަޅުގަނޑު އެދެނީ ރަށުގެ ކައުންސިލްތަކާއި ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން، ތިމާވެއްޓާއި މޫސުމާށް އަންނަ ބަދަލުތަކުން ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް” ވަޒީރު ޠާރިޤު ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީ ވިދާޅުވީ ގެސްޓް ހައުސް ސިނާޢަތް ތަރައްޤީކުރުމަށް އެބޭންކުންވެސް އިސްވެ ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މިގޮތުން ކުރިއަށް އޮތް 5 އަހަރު މި ސިނާޢަތް ކުރިއަރުވަން 500 މިލިޔަން ޑޮލަރު ބޭނުންވާނެ ކަމަށް އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
“އަޅުގަނޑުމެން ބެލިބެލިމުން މި ސިނާޢަތަށް ކުރިއަށް އޮތް 5 އަހަރު ތެރޭ 400 ނުވަތަ 500 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް ބޭނުންވޭ. އޭގެއިން ބައެއް ނެރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިގޮތުން ކުރިއަށް އޮތް 3 އަހަރަށް 100 މިލިޔަން ޑޮލަރު ފައިނޭންސިން ފޯރުކޮށްދޭން އަޅުގަނޑުމެން މަސައްކަތް ކުރާނަން ” އެމްއައިބީގެ އެމްޑީ މުފައްދަލް އިދްރީސް ޚުމްރީ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ތިމާވެއްޓާއިބެހޭ ވުޒާރާ)
މިއަހަރުގެ ގެސްޓް ހައުސް ސިމްޕޯޒިއަމުގައި 3 ޕެނަލް ޑިސްކަޝަން އަދި ކީނޯޓް ސްޕީޗް ދޭނެއެވެ. މިފަހަރު ސިމްޕޯޒިއަމުގައި ކުރިއަށްދާނެ ޕެނަލް ޑިސްކަޝަންތަކުގެ ތެރޭގައި މާކެޓް ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަނަކާއި، ސިނާޢަތުގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ގުޅޭ ޕެނަލެއްގެ އިތުރުން، ގެސްޓް ހައުސްތަކަށް ހުރި ގޮންޖެހުންތަކާއި ގުޅޭ ޕެނަލެއް ކުރިއަށް ގެންދާނެއެވެ. މިއީ އިސްލަމިކް ބޭންކުން އިންތިޒާމުކުރާ 2 ވަނަ ގެސްޓް ހައުސް ސިމްޕޯޒިއަމް އެވެ. މިއަހަރުގެ ސިމްޕޯޒިއަމުގައި 150 ފަރާތެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ގެސްޓް ހައުސްތަކުގެ ވެރިންގެ އިތުރުން ސިނާއަތުގެ ތަޖުރިބާކާރުންނާއި އިސްވެރިން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
