
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި މައްސަލައަކީ ކުރީގެ ސަރުކާރަކުން ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ދަ ޑިމޮކްރެޓްސްގެ ކުރީގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) ރޭ ވިދާޅުވެއްޖެއެވެ. މި ވައްކަން ފަޅާ އަރާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. އިންތި މިހެން ވިދާޅުވެފައިވަނީ، ވެންޓިލޭޓަރު މައްސަލާގައި ދުބާއީ ކޯޓަކުން ދިވެހި ދައުލަތަށް 37 މިލިއަން ރުފިޔާ ދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކަށް އަންގާރަ ދުވަހު އަމުރުކުރުމާ ގުޅިގެންނެވެ.
އިންތި “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހިޔާނާތަކީ ބޮޑު ވައްކަމެއް ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންނާއި ޖިނާއީ ތަހުގީގުތަކުން ހާމަވެގެން ހިނގައްޖެ ކަމަށެވެ. އަދި ދުބާއީ ކޯޓުން މި މައްސަލައިގައި ދިވެހި ދައުލަތަށް ބަދަލު ދޭންޖެހޭނެކަމަށް ހުކުމްކުރުމަކީ، އެ ހިޔާނާތުގެ ބޮޑުކަން ޔަގީންކުރުމަށް ލިބުނު އިތުރު ބާރެއް ކަމަށް އިންތި ފާހަގަކުރެއްވިއެވެ.
The Ventilator Case stands as a classic example of massive corruption by a govt, exposed through the Auditor General’s report & criminal investigations.
The civil part of the case (the recovery of stolen funds) through a Dubai court further substantiated it.
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) October 8, 2025
އިންތި އެމްޑީޕީން ވަކިވީ 2023 ވަނަ އަހަރު އެ ޕާޓީން ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބަށްފަހު ޕާޓީ ބައިބައިވުމުންނެވެ. އިންތި ހިމެނޭހެން އޭރު އެމްޑީޕީއިން ވަކިވި ގިނަ މެމްބަރުން ބުނަމުން ދިޔައީ، ޕާޓީން ވަކިވާން ޖެހުނީ ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި މަޖިލީސް މެންބަރުން ބައިވެރިވެގެން ހިންގަމުންދާ ހިޔާނާތުގެ ނެޓްވޯކުގެ ސަބަބުން ކަމަށާއި އެ މައްސަލަތައް ބަލަމުން ގޮސްފައި ނުވާ ކަމަށެވެ. އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީ ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި، ކޯޓު އަމުރުގައި ވަނީ 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) އަންގާރަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެ ކަމަށެވެ.
މި މައްސަލަ ދުބާއީގައި ކުރިއަށް ގެންދިޔައީ، އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ވާތީއެވެ. މިއީ 2020 ވަނަ އަހަރު ކޮވިޑް-19ގެ ދުވަސްވަރު 75 ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީއާ އެ ކުންފުނިން ހެދި އެއްބަސްވުމާ ހިލާފުވުމުން ކުރި ދައުވާއެކެވެ. އެއްބަސްވުމަށް ފަހު، ދިވެހި ސަރުކާރުން ބޭންކް ގެރެންޓީއަކާ ނުލައި 34 މިލިއަން ރުފިޔާ ދެއްކި ނަމަވެސް، އެ ކުންފުނިން ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވެއެވެ. ފޮނުވި ބައެއް ވެންޓިލޭޓަރުތައް ވެސް ބޭނުމެއް ނުކުރެވުނެވެ. ކުރިން މި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުނު އިރު، އެ ތަނުން ވަނީ ބަދަލާ އެކު، އާބިޓްރޭޝަނަށް ދައްކަން ޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ އެ ކުންފުނިން ދިވެހި ސަރުކާރަށް ދޭންޖެހޭނެ ކަމަށް އަންގައިފައެވެ. އެ އެންގުމާ އެއްގޮތަށް އަދިވެސް ފައިސާ ނުދައްކާތީ ދެވަނަ ފަހަރަށް ޖޫރިމަނާ ހިމަނައިގެން އަމުރު ނެރުނީއެވެ.
އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން ހާމަވި ގޮތުގައި، އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރި އިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯއެއް ނުބެލެވުނެވެ. އަދި ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވެއެވެ. އެ ކުންފުނިން އަދިވެސް 31 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ، ދިވެހި ސަރުކާރުން މިހާރު ދަނީ މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
