
(ފޮޓޯ ކްރެޑިޓްސް: އިންފަންޓީނޯ / އިންސްޓްގްރާމް)
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ މެންބަރުކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް ހަމަޖައްސައިފިއެވެ. މިއީ ދިވެއްސަކު ފީފާގެ އެޑްވައިޒަރީ ކޮމިޓީއަކަށް އައްޔަނުކުރި ފުރަތަމަ ފަހަރެވެ. ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ މެންބަރުކަމަށް ޠާރިޤް އައްޔަން ކުރައްވާފައިވަނީ 2025-2029 އާއި ހަމައަށް ކުރިޔަށްދާ ދައުރަށެވެ. މި ކޮމިޓީއަކީ ޓެކްނިކަލް މިންގަނޑުތައް އެކުލަވާލާ ދުނިޔޭގެ ފުޓްބޯޅައިގައި އެ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއަޅާ ކޮމިޓީއެކެވެ. ފީފާ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީ އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.
ފީފާގެ ސްޓޭންޑިންގ ކޮމިޓީއަކަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަންކޮށްފައިވާއިރު މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ހަޔާތުގައި ލިބިގެންދާ ތާރީހީ ކާމިޔާބީއެއްކަމަށް އެފްއޭއެމުން ބުނެއެވެ.އެފްއޭއެމްގެ ރައީސް ޠާރިޤް ވަނީ ދާދިފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި ބައްދަލުކުރައްވާ ރާއްޖޭގެ ފުޓްބޯޅަ އިދާރާ އިސްލާހު ކުރެއްވުމަށް ކުރައްވާ މަސައްކަތަކާއި ފުޓްބޯޅައިގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.ރާއްޖޭގެ ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމަށް ޠާރިޤްގެ ލީޑަރޝިޕްގެ ދަށުން ކުރިޔަށް ގެންދަވާ ކަންކަން ފާހަގަކުރައްވާ އިންފަންޓީނޯ ވަނީ ޠާރިޤަށް ތައުރީފު ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
