
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
މިމަހުގެ 22 އިން 28 ގެ ނިޔަލަށް ބަނގްލަދޭޝްގެ ވެރިރަށް ދާކާގައި ކުރިއަށްދާ ކާވާ މެންސް ކަޕް 2025ގައި ބައިވެރިވާ ރާއްޖޭގެ ސީނިއާ ގައުމީ ވޮލީ ޓީމު އިއުލާންކޮށް ޖާރޒީ ހަވާލުކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި އޮތް މިރަސްމިއްޔާތުގައި ރާއްޖޭގެ ސީނިއާ ގައުމީ ވޮލީ ޓީމަށް ހޮވުނު ކުޅުންތެރިންނާއި ޖާރޒީ ހަވާލުކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހަންމަދު ލަޠީފްއެވެ. މިރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އާއި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލް ބައިވެރިވަޑައިގަތެވެ. އޭގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހަންމަދު ލަޠީފާއި ޖެނެރަލް ސެކްރެޓެރީ މުހައްމަދު ސައީދުގެ އިތުރުން ކުޅިވަރާއި ގުޅުންހުރި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގަތެވެ.
ކާވާ މެންސް ކަޕް 2025ގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނާއި މުޚާޠަބުކުރައްވާ ނައިބު ރައީސް ވިދާޅުވީ ވޮލީއަކީ ރާއްޖޭގައި ދިގު ތާރީޚެއް އޮތް ކުޅިވަރެއްކަމަށެވެ. އަދި މިހާރުވެސް މިކުޅިވަރުން ގިނަ ކާމިޔާބީތައް ރާއްޖޭގެ ޓީމުން ހޯދަމުން އަންނަކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ މިމުބާރާތުންވެސް ފަޚުރުވެރި ވަނައެއް ގެންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ. ރާއްޖޭގެ ސީނިއާ ވޮލީ ޓީމަށް ކާމިޔާބީއަށް އެދޭކަމަށް ވިދާޅުވަމުން ކުޅިވަރު ވަޒީރުވަނީ މިކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ކާވާ މެންސް ކަޕް 2025 އަށް ފަރިތަކުރުމުގެ ގޮތުން ސީނިއާ ވޮލީ ޓީމުން ތައިލޭންޑަގަ ކޭމްޕް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
