
އޭޝިއަން ކަޕް ކޮލިފައިންފައި މިއަދު ދިވެހިރާއްޖެއާ ދެކޮޅަށް ނުކުންނައިރު ތަޖިކިސްތާނުގެ ގިނަ ކުޅުންތެރިންނަށް ވަނީ އަނިޔާވެފައި ކަމަށާއި ނަމަވެސް ޓީމުގައި އޮތީ މޮޅުވުމުގެ ރޫހު ކަމަށް ތަޖިކިސްތާން ކޯޗު ގޯރާން ސްޓެވަންކޮވިޗް ބުނެފި އެވެ. މި މެޗަށް ނުކުންނައިރު ތަޖިސްތާނުގެ މުހިންމު ފަސް ކުޅުންތެރިއަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ އެއްވަނަ ގޯލްކީޕަރު ރުސްޓަން ޔަޓިމޯވް އާއި ކެޕްޓަން އަލީޝާ ޖަލިލޯވް އާއި ތަޖުރިބާކާރު ޑިފެންޑަރު ވަހްދަތް ހަނަނޯވް އާއި އިރާނުގައި ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު އަމަޑޯނީ ކަމޮލޯވްގެ އިތުރުން ވެސް މި މެޗުން ނުފެންނާނެ އެވެ. މި ދެ ކުޅުންތެރިންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަދި ފަރިތަކުރުންތަކުގައި އިތުރު މިޑްފީލްޑަރަކަށް ވެސް ވަނީ ހާނިއްކަވެފަ އެވެ.
“ވަރަށް ރޫހުގައި މި ކުދިން މި މެޗަށް ތައްޔާރުވަމުން މިދަނީ. އެ މީހުންގެ ލޮލުން އަހަރެންނަށް އެކަން ފެނޭ. ވަރަށް ގިނަ ކުޅުންތެރިން ތިބީ އަނިޔާގައި. އެކަމަކު އަހަރުމެންނަށް އެކަމަށް ހައްލު ހޯދޭނެ،” ކޯޗު ބުންޏެވެ. މީގެ ހަފުތާއެއްހާ ދުވަހުގެ ކުރިން ޓީމާ ހަވާލުވި ކޯޗު އޭނާގެ ފުރަތަމަ މެޗާ ބެހެ ގޮތުން އިތުރަށް ބުނީ ރާއްޖެ އަށް ފުރިހަމަ އަށް އިހްތިރާމް ކުރާ ކަމަށެވެ. “އަހަރުމެންނަށް މި މެޗަށް ލިބުނު ސްކޮޑް ރަނގަޅު. އަހަރެން ހުރިހާ ކުޅުންތެރިންނަށް ވެސް އިތުބާރު ކުރަން. އަހަރެން ރާއްޖެ އަށް ވެސް އިހްތިރާމް ކުރަން. އަހަރުމެން ރާއްޖެ ދެކެ ބިރެއް ނުގަނޭ. މި މެޗުން މޮޅުވެގެން އަހަރުމެންގެ ސަޕޯޓަރުން އުފާކޮށްދޭން މިތިބީ. މެޗުގެ ކޮންމެ ވަގުތެއްގައި ވެސް އަހަރުމެން ކުޅެން ޖެހޭނީ ވަރަށް ޑިސިޕްލިންކޮށް، މެޗަށް ސަމާލުވެގެން،” ކޯޗު ބުންޏެވެ.
މިއީ މި އަހަރު ތަޖިކިސްތާން އަމިއްލަ ގައުމުގައި ކުޅޭނެ ފަހު މެޗެވެ. މިހެންވެ ކޯޗު ބުނީ ކޮންމެ ސަޕޯޓަރަކު ވެސް ދަނޑަށް އައިސް ސަޕޯޓް ދިނުމަށް އެދޭ ކަމަށެވެ. ހިސޯރު ސެންޓްރަލް ސްޓޭޑިއަމުގައި ކުޅޭ މި މެޗަށް ފަހު މި ދެ ގައުމު މި މަހުގެ 14 ވަނަ ދުވަހު މާލޭގައި ވެސް ބައްދަލުކުރާނެ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
