
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ފެނަކައިގެ ހާއްސަ އޮޑިޓު ފެށިއިރު ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ ޕާޗޭސް އޯޑަރު (ޕީއޯ) ސިސްޓަމަށް ނާޅާހުރިކަމަށް އޮޑިޓާ ޖެނެރަލް ހުސެން ނިޔާޒީ ވިދާޅުވެއްޖެއެވެ. މިއީ އޮޑިޓުގެ މަސައްކަތް ލަސްވި އެއް ސަބަބުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުންފުނިތަކުގައި ހުރި ވޭސްޓޭޖާއި ފްރޯޑުގެ މައްސަލަތައް ހަމައެކަނި ހާއްސަ އޮޑިޓަކުން ހުއްޓުވުމަށްވުރެ، މުޅި ގަވަނަންސް ނިޒާމު ރަނގަޅުކުރަންޖެހޭކަމަށާއި، މެނޭޖިން ޑިރެކްޓަރާއި ބޯޑުގެ އިތުރުން ޕީސީބީއާއި ފިނޭންސް މިނިސްޓްރީގެ ޒިންމާތައް ވެސް ހުރިކަން ނިޔާޒީ ފާހަގަކުރެއްވިއެވެ.
މީގެކުރިން ކުރި އޮޑިޓުތަކުން ވެސް ކޮރަޕްޝަނާއި ވައްކަން ފާހަގަވެފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ. ފައިނޭންޝަލް އޮޑިޓެއްގެ ނަތީޖާ ގޯސްނަމަ، އެއީ އެތެރޭގެ ކޮންޓްރޯލްތަކާއި ގަވަނަންސްގައި މައްސަލަތައް ހުރިކަން ދައްކުވައިދޭ ކަމެއް ކަމަށާއި، ރަނގަޅަށް ހިސާބު ކިތާބު ބެލެހެއްޓުމަކީ ހިންގުންތެރިކަމާއި ޖަވާބުދާރީވުން ހަރުދަނާކޮށް، ކޮރަޕްޝަން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރެކޯޑުތައް ރަނގަޅަށް ނުބެލެހެއްޓޭތީ އޮޑިޓު މަސައްކަތްތައް ލަސްވާކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ގިނަ ހާއްސަ އޮޑިޓުތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފެނަކައިގެ މިދިޔަ ހަފްތާގައި އާންމުކުރި ހާއްސަ އޮޑިޓުން ފާހަގަކުރެވުނު ގޮތުގައި 2021 އިން 2023 އަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތަށް ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން މުހިންމު ނޫން ކަންކަމަށާއި، ބީލަމުގެ އުސޫލުން ބޭރުން އަދި އަގު ބޮޑުކޮށް ހަރަދުތައް ކޮށްފައިވެއެވެ.
އަދި 2.22 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރި 674 އެއްބަސްވުމުގެ ތެރެއިން 1.37 ބިލިއަން ރުފިޔާގެ 439 އެއްބަސްވުން ދީފައިވަނީ އިއުލާންނުކޮށް، ވާދަވެރި ބީލަމުގެ އުސޫލުން ބޭރުންނެވެ. އިންޖީނުގެތަކާއި އޮފީސް އިމާރާތް އެޅުމަށް 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ ހޭދަކޮށްފައިވާއިރު، 41 މަޝްރޫއެއް ނުނިމި، އެ މަޝްރޫއުތައް ނިންމަން އިތުރު 241 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓުން ލަފާކުރެއެވެ. މީގެ އިތުރުން އިންޖީނުގެތައް އެޅުމަށް ހަވާލުކުރި މަސައްކަތްތައް މާކެޓް އަގަށްވުރެ ގާތްގަނޑަކަށް 767 މިލިއަން ރުފިޔާ ބޮޑުކޮށް ކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
