
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ވެންޓިލޭޓަރުގެ މައްސަލައިގަ ދިވެހި ދަޢުލަތައް 37 މިލިޔަން ރުފިޔާ ދެއްކުމަށް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގެ ހިއްސާދާރުންގެ މައްޗަށް، ދުބާއީގެ ކޯޓުން އަމުރުކޮށްފިއެވެ. ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބަދަލު ހޯދަން ހުށަހެޅި ދުބާއީގެ ކޯޓުން ބުދަދުވަހު ނެރުއްވި އަމުރުގައި ވަނީ 7 ދުވަސްތެރޭ އެފައިސާ ދިވެހި ދަޢުލަތަށް ދެއްކުމަށެވެ.
ބަންޑާރަ ނާއިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވީ، އާބިޓްރޭޝަނުން ނިންމެވި ނިންމުމާއި ގުޅިގެން މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅުމުން، ވެންޓިލޭޓަރުތައް ހޯދަން ދިވެހި ސަރުކާރުން ދެއްކި 32 މިލިޔަން ރުފިޔާއާއި އެފައިދާ ދައްކާ މުއްދަތާ ހަމައަށް އިންޓްރެސްޓުގެ ގޮތުގައި އަރާ ފައިސާ އަދި އާބިޓްރޭޝަނަށް ދައުލަތުން ކުރި ޚަރަދު އަނބުރާ ދިނުމަށް ކަމަށެވެ.
“ކޯޓުގެ އަމުރާއި އެއްގޮތަށް 7 ދުވަހުގެ ތެރޭގައި ދައުލަތައް ފައިސާ ނުދައްކައިފިނަމަ، އާބިޓްރޭޝަނުގެ އެވޯޑު ތަންފީޒުކުރުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ކުރާނަން” ބަންޑާރަ ނާއިބު ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީ އާއި ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2 އޭޕްރިލް 2020 ގައެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގައި ޤާއިމްކުރި އެއްބަސްވުމާއި އެއްގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދީފައެއް ނުވެއެވެ.
މި މައްސަލައިގައި ވެންޓިލޭޓަރުގެ އަގަށްވާ ފައިސާ އާއި އެއްބަސްވުމާ ޚިލާފުވުމުން ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ދައްކަން ޖެހޭކަމަށް އާބިޓްރޭޝަނުން ވަނީ ކަނޑައަޅާފައެވެ. ވެންޓިލޭޓަރުގެ މައްސަލާގައި ދަޢުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކޮށް އެފައިސާ ހޯދުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވަނެކަން ބަންޑާރަ ނާއިބުވަނީ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
ވެންޓިލޭޓަރުތައް ހޯދުމަށް ޤާއިމްކުރި އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބުނީ އެންމެ 15 ވެންޓިލޭޓަރުނަމަވެސް އެއީ ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށްވުމުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ. އަދި ބާކީ ވެންޓިލޭޓަރުތައް ހަވާލު ނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ.
މި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ކުރީ ސަރުކާރުން ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކުރީ ބޭންކް ގެރެންޓީއަކާ ނުލައި ކަމަށެވެ. އަދި 34 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވަނީ ކުންފުންޏާއި ގުޅޭ އެއްވެސް ތަފްސީލެއް ހޯދުމެއް ނެތި، އަދި ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ ކަމުގެ ގާބިލުކަން ހުރިތޯވެސް ނުބަލާކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
