
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
ދިވެހި ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކާއެކު، “ފޮރިން އިންވެސްޓްމެންޓް އެންޓްރީ ރިކުއަރމެންޓްސް” އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ޝާޢިއުކޮށްފިއެވެ. އިޤްތިޞާދީ ވުޒާރާއިން މިހާރު ގެޒެޓްކޮށްފައިވާ ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސްގައި ހަމައެކަނި ދިވެހިންނަށް ވިޔަފާރިކުރެވޭނެ އިތުރު ދައިރާތައް ވަނީ ކަނޑައަޅާފައެވެ.
އިޤްތިޞާދީ ވުޒާރައިން ފޮރިން އިންވެސްޓްމެންޓް އެންޓްރީ ރިކުއަރމެންޓްސް ނުވަތަ ދިވެހި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝަރުތުތައް ޝާޢިއުކޮށްފައި މިވަނީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނޫގެ ދަށުންނެވެ. އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ އައު ޤާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ އައު ޝަރުތުތަށް ކަނޑައެޅިފައިވަނީ ފުޅާދާއިރާއެއްގައި ސަރުކާރުގެ ވުޒާރާތަކާއި، އެކި ސިނާޢަތްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި އަދި އިންވެސްޓް ކުރައްވާ ފަރާތްތަކާއި މަޝްވަރާ ކުރެވިގެން ކަމަށެވެ.
އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ އަސާސަކީ، ދިވެހިން ކުރިއަރަމުން އަންނަ ސިނާޢަތްތަކާއި ދައިރާތަކުން ދިވެހިންނަށް ޚާއްސަކޮށް، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އެފަރާތްތަކަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތު ހުޅުވާލުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވަނީ އަލަށް ދިވެހިންނަށް ޚާއްސަ ކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދައިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވާން މުއްދަތެއް ދެވޭނެ ކަމަށެވެ. މީގެ އިތުރުން ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާއި ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް ނޫނީ ޖޮއިންޓް ވެންޗަރ އުސޫލުން ވިޔަފާރި ކުރެވޭ ގޮތަށްވެސް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުކަމަށް ބެލެވޭ އިތުރު ބައެއް ދާއިރާތައް ދިވެހިންނަށް ހާޢްސަ ކުރެވި ނުވަތަ އިންވެސްޓްމެންޓް ފުރުސަތު އައު ޝަރުތުތަކުގެ ތެރެއިން ހަނިކޮށްފައިވާނެ ކަމަށެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ އިތުރުން 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ. މި ދާއިރާތަކަކީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް އޮތް އަދި އިންވެސްޓް ކުރުމުގެ ބާރުވެރިކަން ހުރި ދާއިރާތައްކަން އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ 2040ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާސިލުވުމަށް ބޭރުގެ ފަރާތްތަކަށްވެސް ދިވެހިންގެ ތަޖުރިބާ އެހާބޮޑަށް ނެތް ދާއިރާތަކުން ފަހި ފުރުޞަތުތަކެއް އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ ތެރެއިން ލިބޭނެ ކަމަށެވެ. އަދި މިހާރުވެސް ފޮރިން އިންވެސްޓަރުންނަށް މުހިންމު ޚިދްމަތްތަކެއް އެވުޒާރާއިން ދެމުންދާއިރު ފޮރިން އިންވެސްޓަރުންނަށް ރައްކާތެރި، ދެފުށްފެންނަ އަދި އާންމު އުސޫލުތަކެއްގެ ތެރެއިން މުސްތަޤުބަލުގައިވެސް ޚިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އިޤްތިޞާދީ ވުޒާރާއިން ދެއެވެ. މިއާއެކު މިއަދުގެ ހުޅުވާލެވިފައިވާ ދުނިޔޭގައި ރާއްޖޭގެ އިޤްތިޞާދު ބިނާ ކުރުމުގައި ބޭރު ފަރާތްތަކުގެ އިންވެސްޓްމަންޓާ ތަޖުރިބާ މުހިންމު ވެފައިވާއިރު، އެފަދަ ދާއިރާތަކުން އިންވެސްޓް ކުރުމަށް ފަހި ފުރުސަތުތަކެއް ދޭނެކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ، ބޭރުގެ ފަރާތްތަކަށް އެ ފުރުސަތުތައް ފަހުކޮށްދިނުމުގައި ދިވެހިން ކުރިއަރާފައިވާ ދާއިރާތަކުން ދިވެހިންނަށް ބޮޑަށް ޚާއްސަކުރުން ކަން އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
