
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިދިޔަ ސަރުކާރުން ނެގި 500 މިލިޔަން ޑޮލަރު ސުކޫކުގެ އޮކްޓޯބަރު މަހަށް ދައްކަން ޖެހޭ 24.6 މިލިޔަން ޑޮލަރު މާލީ ވުޒާރާއިން ދައްކައިފިއެވެ. ސުކޫކަށް ފައިސާ ދެއްކުމާއި ގުޅޭގޮތުން މާލީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ 500 މިލިޔަން ޑޮލަރުގެ ސުކޫކަށް ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރަކު ދެ ފަހަރު ކަމަށެވެ. މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު 2 ޕޭމަންޓަކަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް އެޕްރީލް އަދި އޮކްޓޯބަރ މަހު ފައިސާ ދައްކަމުން ދެއެވެ. މިއާއެކު ސުކޫކުގެ މިއަހަރު އޮކްޓޯބަރު މަހު ކޫޕަނަށްވާ 24.6 މިލިޔަން ޑޮލަރު މިހާރު ދައްކާފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ 2026ވަނަ އަހަރުއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ސުކޫކަށް ފައިސާ ދެއްކުމުގެ ތަވާލާއި އެއްގޮތަށް މިހާތަނަށްވެސް ސުކޫކަށް ފައިސާ ދައްކަމުންދާ ކަމަށެވެ. އެގޮތުން އެންމެފަހުގެ ކޫޕަންނަށްވާ ފައިސާ ގޮތުގައި 25 މިލިޔަން ޑޮލަރު ދައްކަންޖެހޭކަން އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. މިއަދަދާއެކު ސުކޫކުގެ ޖުމްލަ އަދަދުކަމަށްވާ 500 މިލިޔަން ޑޮލަރުއަންނަ އަހަރު އެޕްރީލްގައި މުއްދަތު ހަމަވާއިރަށް ދައްކާ ނިންމާނެ ކަމުގެ ޔަޤީންކަން މާލީ ވުޒާރާއިން ވަނީ ދީފައެވެ.
ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކަމަށް މާލީ ވުޒާރާއިން ވިދާޅުވިއވެ. އެހެން ކަމުން އޮކްޓޯބަރ މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ ސެޓެލްމެންޓަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ކުރީގެ ސަރުކާރުން 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ) ގެ ސުކޫކެއް ވިއްކާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
