
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ހަނގުރާމަވެރި ޖަމާޢަތަކުން ދިން ޙަމަލާއެއްގައި 11 ސިފައިންގެ މީހަކު މަރުވެފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ. ޕާކިސްތާނުގެ ހަތިޔާރުއެޅި ޖަމާޢަތަކުން މި ޙަމަލާދީފައިވަނީ އެ ޤައުމާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ހިންގުމާ ޠާލިބާނުން ޙަވާލުވި ފަހުން އެ ސަރަޙައްދުގައި ހިނގާ މި ފަދަ ހަމަނުޖެހުންތައް އިތުރުވެފައި ވަނިކޮށެވެ. 2021ވަނަ އަހަރު އަފްޣާނިސްތާނުގައި ޠާލިބާނުންގެ ބާރު ހިނގަން ފެށި ފަހުން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޕާކިސްތާނީ ޠާލިބާނުން ދޭ ޙަމަލާތައް ވަނީ އިތުރުވެފައެވެ.
ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ކުއްރާމް ސަރަޙައްދުގައި އެ ޤާފިލާ ދަތުރުކުރަމުންދަނިކޮށް، ބޮމެއް ގޮއްވައިލުމަށްފަހު، ބަޑިން ޙަމަލާދިނުމުގެ ޒިންމާ ޕާކިސްތާނީ ޠާލިބާނުން ވަނީ އުފުލައިފައެވެ. އެ ކުރިމަތިލުންތަކުގައި ޠާލިބާނުގެ 19 ހަނގުރާމަވެރިން މަރާލާފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޕާކިސްތާނުން ޤަބޫލުކުރާ ގޮތުގައި އިންޑިޔާއާއި ޠާލިބާނުންގެ އެހީތެރިކަމާއެކު ޕާކިސްތާނީ ޠާލިބާން ޤާއިމްވެ ތިބީ އަފްޣާނިސްތާނުގައެވެ. ނަމަވެސް ދެ ސަރުކާރުން ވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
