
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އދ. އޮމަދޫގެ ސިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޮމަދުއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. ބިންގާ އަޅުއްވައިދެއްވާ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ދާއިރަގެ މެންބަރު އަދި ކައުންސިލް މެންބަރުން ބައިވެރިވިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފަވަނީ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
މި މަޝްރޫޢުގެދަށުން 16 އެނދުގެ ކެޕޭސިޓީގެ އިމާރާތެއް ތަރައްޤީކުރާނެއެވެ. އަދި މި އިމާރާތުގައި ޓްރައިއޭޖް ސަރަޙައްދަކާއި، އައިސޮލޭޝަން ކޮޓަރިއަކާއި އަންހެނުންގެ ވޯޑަކާއި ކުޑަކުދިންގެ ވޯޑަކާއި ވިއްސާ ކޮޓަރިއަކާއި ޕްރައިވެޓް ކޮޓަރި އަދި ފަރުވާދޭ ކޮޓަރިތައް އިމާރާތް ކުރާނެއެވެ. މިއީ 27.2 މިލިއަން ރުފިޔާއަށް، 1 އަހަރުން މަސައްކަތް ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފަވާ މަސައްކަތެކެވެ. އޮމަދޫއަކީ އާބާދީގައި 1200އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. އައު އިމާރާތާއެކު ރަށުގައި ތިބެގެން ލިބޭ ސިއްޙީ ފަރުވާގެ ޚިދުމަތްތައް އިތުރުކުރެވި، ފެންވަރު ރަނގަޅުވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
