
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ކުރީކޮޅު އދ. މާމިގިލީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ދިހަ ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މާމިގިލީ ރައްޔިތުންނާއި މުޚާޠަބުކުރައްވަމުން ރައީސް ވިދާޅުވީ މާމިގިލީގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހުންނަންޖެހޭކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އެގޮތުން މާމިގިލީގައި ޤާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށިގެންދާނެކަމުގެ އުފާވެރި ޚަބަރު އެމަނިފާނު ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
އެތަނަކީ އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ ތަނަކަށްވާނެކަމަށާއި އެތަނަކީ 1200 މީހުންނަށް އެއްފަހަރާ ކުޅިބަލަން ވަދެވޭ ވަރުގެ ޖާގަ ތަނަވަސް މަރުކަޒަކަށްވާނެކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ. “މިފަދަ އާބާދީއެއްގައި ހުންނަންޖެހޭނެ މަރުކަޒެއްގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަން ސްޕޯޓްސް ކޮމްޕްލެކްސްއެއް، އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭ، ސްޕެކްޓޭޓަރުން 1200 މީހުންނަށް ބަލަންތިބެވޭ، މާލޭގެ ގޮތުން ދަންނަވަންޏާ އެހެރަ ސޯޝަލް ސެންޓަރު ކަހަލަ ކޮންސެޕްޓެއް އެއީ. ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން އަންނަ އަހަރު ކުރީކޮޅު ފެށޭ އައު މަޝްރޫޢެއްގެ ގޮތުގައި ހިމަނާ އިރާދަކުރެއްވިއްޔާ މިދެންނެވިގޮތަށް މިރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހަލުވިދުވެލީގައި ދަނީ ކުރިއަށެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމް އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކޮށްދެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ. މިމަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށްދާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ އެހެނިހެން ވަސީލަތްތައްކަމަށްވާ ދަނޑުތަކާއި ކޯޓުތައް ބިނާކުރުންފަދަ މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުންފުނިތަކާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވަމުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
