
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައިރީގައި އޮތް އުތުރުއަތަފަރަކީ އެރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވައި އެތަން ތަރައްޤީކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަންޏާމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ހަންޏާމީދޫ ސްކޫލު ހޯލުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ރަށުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތަކީ ސްކޫލުގެ ކުރިއެރުމާއި ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް ވަރަށް މުހިންމު މަޝްރޫޢެއްކަމަށެވެ. އަދި މި މަޝްރޫޢު ޑިޒައިންކޮށްފައިވަނީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެގޮތައްކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަންޏާމީދުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ދޯނިއެހެލާތަނެއް ޤާއިމުކޮށްދެއްވުމަކީ އެމަނިކުފާނު އެރަށަށް ވެވަޑައިގެންނެވި ވަޢުދުފުޅެއްކަމަށާއި، އެ މަޝްރޫޢުތައްވެސް ފުރިހަމަކޮށްދެއްވާނެކަމަށެވެ. “މި މަޝްރޫޢުތައް ކުރިއަށްގެންދާނީ ތިބޭފުޅުން ބޭނުންފުޅުވާގޮތަށް. އެ ޔަޤީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން. މާ ލަސްތަކެއްނުވެ މި މަޝްރޫޢުތައް ރައްޔިތުން އެދޭގޮތަށް ފެށިގެންދާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވަނީ އެރަށަށް ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށްވެސް އިސްކަންދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޒުވާނުންނަށް ބޭނުންވާނެ އެކި އެކި ވަސީލަތްތައް ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ހަންޏާމީދޫއަކީވެސް ލޯކަލް ޓޫރިޒަމް ފުޅާވަމުންދާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ އިތުރު ކަންކަންވެސް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހަންޏާމީދޫ ކައިރީގައި އޮތް އުތުރުއަތަފަރު އެރަށުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި އެ އަތޮޅުގައި ފަތުރުވެރިން ގޮވައިގެން ދާނެތަންތަން މަދުކަން ފާހަގަކުރައްވަމުން ރައީސް ވަނީ ފަތުރުވެރިން ދަތުރުދާނެ ރަށެއްގެ ގޮތުގައި އަލިކޮއިރަށް އެކަމަށް ޚާއްސަ ރަށެއްގެގޮތުގައި މިހާރު ކަނޑައަޅުއްވާފައިވާކަމަށްވެސް ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޒުވާން މަސްވެރިޔާ)
“އުތުރުއަތަފަރު މިރަށުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި އެކަމުގެ ޤަރާރު ވަރަށް އަވަހަށް ނެރޭނަން. އަދި އެތަން އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނަން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ހަމައެހެންމެ ހަންޏާމީދޫގައިވެސް ޑޮލަރު އޭޓީއެމްއެއް ޤާއިމުކޮށްދެއްވާނެކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޑޮލަރު އޭޓީއެމްތައް ބަހައްޓާނެ ރަށްތައް ކަނޑައެޅުމުގައި ބެޑް ކެޕޭސިޓީ އެންމެ ގިނަ ރަށްރަށަށް އިސްކަންދެއްވާކަމަށާއި، އެގޮތުން ސާޅީހަކަށް ރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަަށް ކަނޑައަޅުއްވާފައިވާކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ ހަންޏާމީދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ގާތްގަނޑަކަށް 700 މީހުންގެ އާބާދީއެއް ދިރިއުޅޭ ހަންޏާމީދޫއަކީ 21 ހެކްޓަރުގެ ރަށެކެވެ. މި އަތޮޅުގެ އެހެން ރަށްތަކެކޭ އެއްފަދައިން އެރަށުގައިވެސް އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރަމުންދަނީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި މަސައްކަތެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
