
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ މީގެ ދެ އަހަރު ކުރިން، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގެ ދަށުން، ޣައްޒާއިން ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލެވޭނެ ހުރިހާ ލާއިންސާނީ ޖަރީމާއެއް ޔަހޫދީން ދަނީ ހިންގަމުންނެވެ. ޤަތުލުޢާންމުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 67,000އަށް އުފުލިފައެވެ. ބަނޑުފުރާނަ ކުރެވޭނެ ގޮތެއް ނެތި، ހައިހޫނުގައި ޖެހިގެން ޝަހީދުވެފައިވާ މީހުންގެ އަދަދު ވެެސް 460އަށް އުފުލިފައިވާއިރު އޭގެ ތެރޭގައި 150އަށްވުރެ ގިނަ އަދަދަކަށް ކުޑަކުދިން ވެސް ހިމެނެއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދަނީ ޤަތުލުޢާންމެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ ޚާއްޞަ ކޮމިޝަނަކުން ވެސް ވަނީ ކަނޑައަޅާފައެވެ.
ތަޖުރިބާކާރުންނާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ބުނީ، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން ގަސްދުގައި ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ކަމުގައެވެ. މި ކަން ހާސިލު ކޮށްފައި ވަނީ، ޣައްޒާގެ ހިސާރާއި ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރުގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން ކާބޯތަކެތިން މަޙްރޫމު ކޮށްގެންނެވެ. ޣައްޒާއަށް ސާފު ބޯފެނާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ. ޣައްޒާގައި ހައިހޫނު ޢާންމުވެފައިވާ ކަމުގައި އޮގަސްޓު މަހުގެ ތެރޭގައި އދން ވަނީ ކަނޑައަޅާފައެވެ.
ކާބޯތަކެތިން މަޙްރޫމުކޮށް ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުން
ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ކުރުމަށް އަޅާފައި އޮތް ހުރަސްތައް ނައްތައިލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ގޮވައިލަމުންނެވެ. އޭގެ ތެރޭގައި، އދގެ އިންސާނީ އެހީއާ ބެހޭ އިދާރާގެ ވެރިޔާ ޓޮމް ފްލެޗަރ ހިމެނި ވަޑައިގަންނަވައެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޔޫރޯ-މެޑް ހިޔުމަން ރައިޓްސް މޮނިޓަރގެ ވެރިޔާ ރާމީ ޢަބްދޫ ވިދާޅުވީ، ޣައްޒާގެ ރައްޔިތުން ކާބޯތަކެތިން މަޙްރޫމު ކޮށްފައި ވަނީ، ހައިހޫނުގައި ޖައްސައިގެން ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމުގެ ހީލަތްތެރި ނިޔަތުގައި ކަމުގައެވެ.
“ޤުދުރަތީ ކާރިސާތަކާއި އިޤުތިޞާދީ ހާލަތާ ގުޅިގެން ކުރިމަތިވާ ހާލަތާ އަޅައިބަލާއިރު ޣައްޒާގެ ރައްޔިތުންނަށް ކުރިމަތި ކޮށްފައިވާ ހައިހޫނުގެ ހާލަތު ތަފާތު. މިއީ، ކާބޯތަކެއްޗާއި ސާފު ބޯފެނަކީ ހަތިޔާރަކަށް ހަދައިގެން ޤަތުލުޢާންމު ފުޅާ ކުރުމަށް ހިންގާ އުކުޅެއް،” އޭނާ ވިދާޅުވިއެވެ. “ގަސްދުގައި ބަޔަކު މީހުން ހައިހޫނުގައި ޖެއްސުމަކީ އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއް، ނަމަވެސް ރޯމާދުވާލު ޔަހޫދީން އެ ދަނީ އެ ޖަރީމާ ހިންގަމުން.” ޣައްޒާގެ ރައްޔިތުން ގެދޮރު ނެތިކޮށްލުމަކީ ވެސް ޔަހޫދީންގެ މަޤުޞަދެކެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީން މެދުކެނޑުމެއް ނެތި ދެމުންދާ ޙަމަލާތަކުން ސަލާމަތްވުމަށް ޣައްޒާގެ ދެ މިލިޔަނަށްވުރެ ގިނަ ރައްޔިތުން ވަނީ އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ދަތުރު ކޮށްފައެވެ. އަދި، އޭގެ ތެރެއިން ބޮޑު އިންސައްތައެއްގެ ގެދޮރު، ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި ވަނީ ސުުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައެވެ.
ޔަހޫދީން ހިންގަނީ ޤަތުލުޢާންމެއް ކަމުގައި އދން ކަނޑައެޅުން
ޢަބްދޫ ވިދާޅުވީ، ޔަހޫދީންގެ މި ޖަރީމާތަކުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ މާބަނޑު އަންހެނުންނަށް ކަމުގައެވެ. ހައިހޫނު ޢާންމު ކުރުމާއި ސާފު ބޯފެން ލިބޭނެ މަގުތައް ބަންދު ކުރުމާ އެކު، ޣައްޒާގެ ރައްޔިތުން ކާނާއާއި، ޞިއްޙީ ފަރުވާގެ އިތުރުން ބޯހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމުވެފައިވާ ކަމުގައެވެ. 2024ވަނަ އަހަރުގެ ކުރީކޮޅު ޔަހޫދީން ވަނީ ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ގެ މަސައްކަތްތަކަށް ވެސް ހުރަސް އަޅާފައެވެ. އެއަށް ފަހު، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި އެމެރިކާއާ ގުޅިގެން ޖަމުޢިއްޔާއެއް އުފަންކޮށް، ޔަހޫދީން ވަނީ އިތުރު ޖަރީމާތަކެއް ހިންގާފައެވެ. އެހީދޭ މަރުކަޒުތައް ކައިރިއަށް ހައިހޫނުގައި ޖެހިފައިވާ އެތަކެއް ހާސް ބަޔަކު ޖަމާ ކުރުމަށް ފަހު، ޔަހޫދީ ފައުޖުން ވަނީ އެ މީހުންނަށް ޙަމަލާދީ، އޭގެ ތެރެއިން 1,760އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ބަނޑުފުރާނަ ކުރެވޭނެ ގޮތެއް ނެތިގެން ހައިހޫނުގައި ޖެހިގެން ޣައްޒާއިން 460އަށް ވުރެ މީހުން ޝަހީދުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި 150އެއްހާ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ޣައްޒާގެ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކަށް ވަނީ މެލްނިއުޓްރިޝަންގެ ޞިއްޙީ ހާލަތު ކުރިމަތިވެފައެވެ. އެއީ، ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ހާލަތެކެވެ. ޣައްޒާގެ ނަސްލުހޭދަކީ އެ ސަހަރުގެ ރައްޔިތުން ޝަހީދު ކޮށްލުމަށް ހިންގަމުންދާ ޤަތުލުޢާންމެއް ކަމުގައި އދގެ ކޮމިޝަނަކުން ކަނޑައަޅާފައި ވަނީ ސެޕްޓެންބަރު މަހުއެވެ. އެ ކޮމިޝަނުން ބުނީ، ޤަތުލުޢާންމުގެ ގޮތުގައި ބެލެވޭ ފަސް ޖަރީމާގެ ތެރެއިން ހަތަރު ޖަރީމާއަކަށް ޔަހޫދީން އަރައިގަނެފައިވާ ކަން އެ ކޮމިޝަނުގެ ތަޙުޤީޤަށް ހާމަވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި އެއް ފަހަރާ ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކުރުން، ގިނަ އަދަދެއްގެ ބަޔަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިނުން، ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުން ނައްތައިލުމަށް ޖަރީމާތައް ހިންގުން އަދި ޣައްޒާގެ އާބާދީ އިތުރުވުމަށް ހުރަސް އެޅުން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ ލޯނުތަކަށް 636 މިލިއަން އަދި އިންޓްރެސްޓަށް...
“ބޮޑު ދެއިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާ އަދަދު އިތުރުވާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ދައުލަތުގެ ޚަރަދުތައް ކުޑަވާނެ...
ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދަނީ
(ފޮޓޯ ކްރެޑިޓްސް: ޒަކާތު ހައުސް) ދިވެހިރާއްޖޭގެ ޒަކާތުގެ ޤާނޫނުގެ ދަށުން، ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީކުރަން މަޖުބޫރުވާ ގޮތަށް އާ ޤަވާއިދެއް އެކުލަވާލުމަށް ޒަކާތު...
މިފަހަރު އެންމެ ގިނަ ވޯޓުފޮށި ހެންވޭރު ދަނޑުގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ އިންތިޚާބުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެ...
އަޅުގަނޑުގެ ތާއީދު އޮތީ ޕީއެންސީ ކެންޑިޑޭޓުންނަށް އެކަނި: ރައީސް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު...
“ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިޔަސް ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ބަދަލު...
