
އައު އަހަރުން ފެށިގެން ރާއްޖޭގެ ކޮންމެ ސިއްޙީ ޚިދުމަތްދޭ މަރުޔކަޒެއް ވަކި މުއައްސަސާއެއްގެ ގޮތުގައި، ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާ މުއާމަލާތްކުރެވޭނެ ނިޒާމަށް އަމަލުކުރަން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދ. މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވަނީ މި ނިޒާމާއެކު ސިއްޙީ މަރުކަޒުތަކަށް ބޭހާއި މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކަށް ހައްލު އަންނާނެކަމަށްވެސް ވިދާޅުވެފައެވެ. އދ. މާމިގިލީގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޭސް ލިބުމުގައި ދިމާވާ ދަތިތަކާއި ސިއްޙީ ނިޒާމުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބޭސް ލިބުމުގެ ދަތިކަމަށް ހައްލު ހޯދުމަށް ކުންފުންޏެއް އުފައްދާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަމަށް ދާއިމީ ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ސިއްޙީ މަރުކަޒުތަކުން ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަގޮތަކީ، އެ މަރުކަޒުތަކަށް ބޭހާއި އެހެނިހެން ސިއްޙީ ވަސީލަތްތައް ހޯދުމަށް ރީޖަނަލް ނުވަތަ އަތޮޅު ހޮސްޕިޓަލު މެދުވެރިކޮށް، ވުޒާރާތަކާ މުއާމަލާތްކުރުމެވެ. މިކަމުގެ ސަބަބުން ބޭހާއި އެހެނިހެން ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކެއް އަންނަނީ ފޯރަމުންނެވެ. ވުމާއެކު ރައީސް ވަނީ އެ ނިޒާމަށް ބަދަލުތަކެއް ގެންނަވައި އެއީ ވަރަށް ފަސޭހަ މުއާމަލާތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ. އެގޮތުން ކޮންމެ ސިއްޙީ މަރުކަޒަކާއި ހޮސްޕިޓަލަކުން ސިއްޙީ ކަންކަމުގައި ސިއްޙީ ވުޒާރާއާއި، މާލީ ވުޒާރާއި ސީދާ މުއާމަލާތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ބޭހާއި، މުވައްޒަފުން ހޯދުމާއި، އެނޫންވެސް ކަންކަމުގައި ވަރަށް ބޮޑު ފަސޭހައެއް ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް އަންނަނާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ނިޒާމު އެކުލަވާލުމަށް ސޮފްޓުވެއަރ ތައްޔާރުކޮށް، މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތްކުރަމުން އަންނަކަަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މި ހުރިހާކަމެއް ނިންމައި އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުންފެށިގެން ތަންފީޒްކުރަން ފަށްޓަވާނެކަމަށްވެސް ވިދާޅުވެފައެވެ.
“ސޮފްޓުވެއަރވައިޒްކޮށް ކުރަންޖެހޭ ކަންކަން އެބަހުރި. މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް އެބަހުރި. ކޮންމެ ރަށެއްގައި ކުރަންޖެހޭ ކަންކަންވެސް އެބަހުރި. ހެލްތު ސެންޓަރުގައި ހުންނަންޖެހޭ ކަމާބެހޭ ޓްރެއިން ފުރިހަމެވެފައިހުރި މުވައްޒަފެއް. ހެލްތު މިނިސްޓްރީ، ފިނޭންސް މިނިސްޓްރީގައިވެސް. މިހެން ކަންކަން ތަރުތީބުކުރެވެންޖެހޭ. މިކަންކަން ނިމޭނެ އިރާދަކުރެއްވިއްޔާ މިއަހަރުގެތެރޭގައި، އެހެންވީމަ އައު އަހަރުގެ ބަޖެޓު ފާސްވެގެންއައިސް ބަޖެޓު ތަންފީޒްވެގެންދާން ފަށާއިރު، އެއީ ޖެނުއަރީ މަހު ފެށިގެން މިކަން ފެށޭނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެ ނަތީޖާއަކީ އައު އަހަރުން ފެށިގެން ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ކޮންމެ ތަނެއް، ވަކި މުއައްސަސާއެއްގެ ގޮތުގައި މަސައްކަތްކުރެވިގެން ދިއުންކަމަށާއި، އެތަންތަނުން ސީދާކޮށް ވުޒާރާތަކާއި ދައުލަތުގެ އެހެނިހެން އިދާރާތަކާ މުއާމާލތްކުރެވޭނެކަށްވެސް ރައީސް ވިދާޅުވިއެވެ. މިއާއެކު އެ މަރުކަޒުތަކުން މުއާމަލާތްކުރުމުގައި ކުރިން ހުރި ފަށަލަތައް ނެތި، ބޭހާއި ވަޒީފާއި އެހެން ޚިދުމަތްތައް ހޯދުމަށް ފަސޭހަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް އެތެރެކުރުމަށް ސަރުކާރުން ވަނީ “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައެވެ. މި ކުންފުންޏަކީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުޞަދުގައި އުފެއްދެވި ކުންފުންޏެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
