
އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމުގައި ފަތުރާ ދޮގު ވާހަކަތައް ޤަބޫލުނުކޮށް، ސަރުކާރާއެކު ރައްޔިތުން ތިބެންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ، ޤާސިމް އިބްރާހިމް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާގެ އިތުރުން، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ޤާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދު އޮތް ހީނަރު ހާލަތާއި، އެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރެއްވި ހަރުދަނާ މަސައްކަތްޕުޅަށް އަލިއަޅުވާލައްވާފައެވެ. ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، ނިމިދިޔަ ސަރުކާރުތަކުން އެކި ނަންނަމުގައި ނަގާފައިވާ ދަރަނިތަކުގެ ސަބަބުން ޤައުމު އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައިކަމަށެވެ. ޤާސިމް ވިދާޅުވީ މުޢިއްޒު ވެރިކަމަށް ވަޑަިއގެންނެވިއިރު 132 ބިލިޔަން ރުފިޔާއަށް ދައުލަތުގެ ދަރަނި އަރާފައިވާކަމަށާއި، ނަމަވެސް އެ ދަރަނިތައް ދައްކަމުން، ޤައުމު ބަނގުރޫޓު ވިޔަނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި މަސައްކަތްތަކަކީ ތައުރީފް ހައްޤު މަސައްކަތްތަކެއްކަމަށެވެ.
ގާސިމްގެ ވާހަކަފުޅުގައި ވަނީ މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ފަރާތުން ފެނުނު ސިޔާސީގޮތުން ބަދަލު ހިފުމުގެ ރޫހު ރައީސް މުޢިއްޒުގެ ސަރުކާރުގައި ފެނިވަޑައިނުގަންނަވާކަން ފާހަގަކުރައްވައި، އެކަންކަމަށް ތައުރީފް ކުރައްވާފައެވެ. “މަނިކުފާނު އެއްވެސް މީހަކާ ދިމާއަށް ކުޑައިމީސް ބަހެއް ވިދާޅުވި ބަހެއް އަޅުގަނޑު ނާހަން. އެއްވެސް ސިޔާސީ މީހަކު ދަމާފައި ގެންގޮސް ޖަލަށްލީތަނެއް އަޅުގަނޑު ނުދެކެން. ސުޕްރީމް ކޯޓުގައި ތަޅުއެޅުވިތަނެއް ވެސް ނުދެކެން. ޖުމްހޫރި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ބައެއް ފަރާތްތަކުން ރައީސަށް ކުރައްވާ ތުހުމަތުތަކަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ޙަޤީގަތާ ޚިލާފު ވާހަކަތައް ޤަބޫލުނުނުކުރުމަށް ގާސިމް ރައްޔިތުންނަށް ގޮވާލެއްވިއެވެ. “މި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލަން ފިތުނަ ފަސާދަ އުފައްދަން ދައްކާ އެއްވެސް ވާހަކައަށް ތިބޭފުޅުން އެއްގޮތަކަށްވެސް ޖަވާބު ނުދެއްވާށޭ. އަޅުގަނޑު ދަންނަވަން އޮތީ އިސްލާމްދީނާ ޚިލާފަށް އެކުލަވާލާފައިވާ ޤާނޫނުތައް އިސްލާޙް ކުރައްވާށެ.” ޖުމްހޫރި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވޯޓު ހޯދުމުގެ ނިޔަތުގައި އިތުރުފުޅު ނުހައްދަވާނެކަމަށާއި އެމަނިކުފާނު އޮތީ ކަންކަން ކޮށްދިނުމުގެ އިޚުލާސްތެރި ނިއަތެއްކަމަށެވެ. އަދި ޤައުމުގެ މާލީ ހާލަތު ތަންދޭ މިންވަރަކުން ރާއްޖޭގެ ތަރައްޤީއަށް އެކި މަޝްރޫޢުތައް ކުރިއަށްގެންދަވާކަންވެސް ގާސިމް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
