
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހިންގާ މަޝްރޫޢު އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ފެންފުށީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މިދަތުރުފުޅުގެ ތެރެއިން ފެންފުށީގައި ފެށި މަޝްރޫޢުތަކަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢުތަކެއްކަމަށެވެ. އަދި މި މަޝްރޫޢުތަކާއެކު ފެންފުއްޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިނަށް ބަދަލުތަކެއްގެނެސް ރައްޔިތުން ބޭނުންވާގޮތަށް މަޝްރޫޢު ހިންގަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެރަށުގައި މިސްކިތެއް ބިނާކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ހިނަވާގެއެއްވެސް ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ފެންފުށީގެ ސިއްޙީ ނިޒާމު ކުރިއެރުވުމަށްވެސް މަސައްކަތްތަކެއް ކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިއްޙި މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކޮށް އައު ޚިދުމަތްތައް ޤާއިމްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ޕްރޮޖެކްޓް ސްކޯޕަށް ބަދަލުތަކެއްގެނެސް ރައްޔިތުން އެދޭ ފެންވަރަށް ތަނުގެ ޚިދުމަތްތައް ފުޅާކޮށްދެއްވިގެންދާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފެންފުށީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށްޓަކައި، މިހާރު ހުއްޓިފައިވާ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ނިންމަވައިދެއްވާނެކަމަށެވެ. އަދި އައު މަޝްރޫޢެއްގެ ގޮތުގައި މަލްޓިޕަރޕަސް ހޯލް ތަރައްޤީކުރުމާއި، ކްލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތް ފެންފުށީގައިވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ކުޅިވަރުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެރަށުގައި ދުވާ ޓްރެކެއް ޤާއިމްކުރުމުގެ އިތުރަށް ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ލައިޓްތައްވެސް ޤާއިމްކޮށްދޭނެކަމަށެވެ.

ރަށުގެ ނަރުދަމާ މަޝްރޫޢު ހުއްޓިފައި އޮތްއޮތުމަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ، މިއީ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލައެއްކަމަށެވެ. ސަރުކާރުގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ އެއްވެސް މައްސަލައެއް ކުރިމަތިނުވި ނަމަވެސް މަޝްރޫޢުތައް ހުއްޓިފައި އޮތުން އެއީ ކަންބޮޑުވާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް ހުރި މަޝްރޫޢުތައް ފާހަގަކޮށް ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތައް ބާޠިލުކޮށް، އަލުން އެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. 1200 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ފެންފުއްޓަކީ ގާތްގަނޑަކަށް 40 ހެކްޓަރުގެ ރަށެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
