
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް ފެށުމަށްޓަކާ މިހާރު ކުރިއަށްދަނީ އެންމެފަހު މަރުހަލާގެ ތައްޔާރީތައްކަމަށާއި، އަންނަމަހު އެ މަޝްރޫޢު ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ އިތުރުން ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި މިހާރު ހުރިތަނުގެ ގޮތުން ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި ދަތިތަކެއްހުރިކަން ރަށުގެ ކައުންސިލުން ފާހަގަކުރެއެވެ. އަދި ބަނދަރުގެ މައްސަލައަށް ހައްލެއް ނުލިބި ސާޅީހަކަށް އަހަރުވެފައިވާކަން ކައުންސިލުން ފާހަގަކުރައްވައެވެ.
ދިއްދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޝާރަތްކުރައްވާ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިހާ ގިނަ ދުވަސްވީއިރުވެސް އެއްވެސް ސަރުކާރަކުން މިކަމަށް އެދެވޭ ހައްލެއް ގެނެސްނުދެވި އޮތްއޮތުމަކީ ރަށާއި މެދު ވެފައިވާ ވަރަށް ބޮޑު އިހުމާލެއްކަމަށެވެ. މިކަން ހައްލުކޮށްދިނުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން އެ މަޝްރޫޢުގެ މަސައްކަތް ނޮވެމްބަރުމަހު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. “މަޝްރޫޢު ފެށޭތާ ގިނަވެގެން އަހަރު ދުވަސްތެރޭގައި މި މަޝްރޫޢު ނިމޭނެ. މިހާ ދުވަސްވެފައި އޮތް މައްސަލެއްކަމުން މިކަމަށް ސަރުކާރުން އިސްކަންދޭނަން” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަދު އެރަށުގައި ފެށުނު މަޝްރޫޢުތަކަކީ ވަރަށް މުހިންމު މަޝްރޫޢުތަކެއްކަމަށާއި، އެ މަޝްރޫޢުތައް އަވަހަށް ކުރިއަށްގެންގޮސްދެއްވާނެކަމަށެވެ. އަދި އާބާދީއަކަށް ބެލުމެއްނެތި މިރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަންވެސް ތަފާތުކުރުމެއްނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ ފަރާތުން ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ގޮތުގައި ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލުކޮށްދިނުމާއި، ރަށުގައި މިހާރު ސެޓެލައިޓް ސްކޫލިންގތެރެއިން ނަގައިދެމުންދާ ސެޝަންތައް ފިޒިކަލް ސެޝަންތަކަކަށް ބައްދަލުކޮށްދިނުން ހިމެނެއެވެ. އަދި ހުއްޓިފައިވާ ފެނާއި ނަރުދަމާ މަޝްރޫޢު އަވަސްކޮށްދިނުން ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ނެރުފައިކަށީގެ މައްސަލަ ހައްލުކުރުމަށްޓަކާ އޭގެ ޑިޒައިނާއި، އޭއައިއޭ އެޕްރޫވަލް ހޯދުމަށް އީޕީއޭއާ ގުޅިގެން އެކަމަށް ބޭނުންވާ ދިރާސާތައް ކުރެވި، ރައްޔިތުން އެދޭ ފަދައިން ނެރުފައިކައްޓަށް ގެންނަންޖެހޭ ބަދަލު ސަރުކާރުގެ ފަރާތުން ގެނެސްދެއްވާނެކަމަށެވެ. އަދި އީއައިއޭ މަސައްކަތް ނިމުނުހާ އަވަހަކަށް މިއަހަރުގެ ތެރޭގައި ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“އީއައިއޭ އެޕްރޫވަލް ލިބުނުހާ އަވަހަކަށް މިރަށުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެ. ސީދާ ތާރީޚެއް ނުދެއްނެވުނު ނަމަވެސް މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ.” ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު ހުއްޓިފައި އޮތީ ސަރުކާރުގެ ފަރާތުން ފުރިހަމަކުރަންޖެހޭކަމެއް ކަމެއްނުކޮށް އޮތުމުން ނޫންކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫޢު އަވަސްކުރުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
