
ދިގުރަށު ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއަރަށް ބަދަލުކޮށް، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެހީތެރިވުމަށް ކޮންވެޝަން ސެންޓަރެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ދިގުރަށުގައި ހިންގާ މަގުހެދުމުގެ މަޝްރޫޢާއި ސްކޫލުގެ އައު އިމާރާތަކީ ރަށުގެ ތަރައްޤީއާ ކުރިއެރުމަށް ނުހަނު ބޭނުންތެރި 2 މަޝްރޫޢުކަމަށެވެ. ޚާއްސަކޮށް ލޯކަލް ޓޫރިޒަމް ފުޅާގޮތެއްގައި ހިންގާ މިފަދަ ރަށެއްގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމުކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރަށުގެ މަގުތައް ރައްޔިތުން އެދޭ ފެންވަރަށް ހައްދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މި ދެ މަޝްރޫޢުވެސް ރައްޔިތުން އެންމެ އެދޭގޮތަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އެކި މުއައްސަސާތަކުގައި ރަށުން ބޭރުން ޚިދުމަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެކަމަޑޭޝަން ބްލޮކެއް ޤާއިމުކޮށްދެއްވާނެކަމަށެވެ. އަދި މިއީ ސަރުކާރުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ތެރެއިން ހިންގޭނެ މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުޅިވަރުގެ ދާއިރާއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ދިގުރަށުގައި އަންނަ އަހަރު ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށާއި، އެ މަޝްރޫޢު ބަޖެޓުގައި ހިމަނުއްވާނެކަމަށެވެ.
ހަމައެހެންމެ ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދިގުރަށުގައި ކޮންވެންޝަން ސެންޓަރެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ދިގުރަށުގައިވެސް ޑޮލަރު އޭޓީއެމްއެއް ޤާއިމުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިފަދަ މަޝްރޫޢުތަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ރަށުގެ ތަރައްޤީއަށޤ މުހިންމު މަޝްރޫޢުތަކެއްކަމަށެވެ. މީގެ އިތުރުން ރަށުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވާ، މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްގެންގޮސް ފުރިހަމަކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން މަދުވެގެން 50 ގޯތިދޫކުރެވޭގޮތަށް އެ ޕްލޭން އިސްލާހުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ގޯތިދޫކުރުމުގެ ކަންކަން ވީހާވެސް އިންސާފުވެރިގޮތެއްގައި ކުރިއަށްގެންދިއުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން މަސައްކަތްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. “މި ރަށުގެ ގޯތީގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނަން” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެވެސް އެންމެ މުހިންމު ބޭނުމަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު، ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންކަން އޮޅުންފިލުވާ، އެމަގުން އެފަދަ މަޝްރޫޢުތައް ބައްޓަންކުރެއްވުންކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ދިގުރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ދިގުރަށު ސްކޫލުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. އަދި ދިގުރަށު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. އާބާދީގައި ގާތްގަނޑަކަށް 700 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ދިގުރަށަކީ 50 ހެކްޓަރުގެ ރަށެކެވެ. މިއީ އަރިއަތޮޅު ދެކުނުބުރީގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އެއް ރަށެވެ. އެގޮތުން މިވަގުތުވެސް 35 ހަކަށްވުރެ ގިނަ ގެސްޓްހައުސް ހިންގަމުން އަންނައިރު، ބެޑް ކެޕޭސިޓީ 400 އަށްވުރެ މައްޗަށް އަރައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
