
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އދ. ދަނގެތީގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ދިހަ ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަނގެއްޗަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން އެރަށަށް ކޮށްދެއްވަން ގަސްދުކުރައްވާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވުމުގެ މަސައްކަތްކަމަށެވެ. މިމަސައްކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށާއި އެ ދަނޑުވެގެންދާނީ ރަނގަޅު ފެންވަރުގެ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްޤީކުރެވިގެންދާ ދަނޑަކަށްކަމަށް ރައީސް ވިދާޅުވިއެވެ.
“ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން ކުރަން ނިންމާފައިވާ މުހިންމުކަމެއް ދަންނަވާލާނަން. އެއީ ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދިނުމަށްޓަކައި ޒަމާނީ ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އަޅައިދިނުން. މިރަށުގަ އެބަހުރި އެހެންކަހަލަ ދަނޑުތައް. ފުޓުބޯޅަ ދަނޑެއް އަޅައިދިނުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގެ ތެރޭގައި ހިމަނައިގެން މިރަށުގައި ހަމަ އެންމެ ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދޭނަން” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށް އެބަދެއެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމް އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކޮށްދެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ. މިމަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށްދާއިރު، ކުޅިވަރުގެ އެހެނިހެން ވަސީލަތްތައްކަމަށްވާ ދަނޑުތަކާއި ކޯޓުތައް ބިނާކުރުންފަދަ މަސައްކަތްތައްވެސް އަންނަނީ ކުންފުނިތަކާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވަމުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
