
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އދ. ދަނގެތީ ބިންހިއްކުމުގެ މަޝްރޫޢާއި، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ބާރުދުވެލީގައި ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ. ދަނގެތީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދަނގެތީ ސްކޫލު ހޯލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ވީހާވެސް ގާތުން އޮޅުންފިލުއްވުމަށްކަމަށެވެ. ރައީސް ވިދާޅުވީ، ދަނގެތީ ސްކޫލުގެ އައު އިމާތާރުގެ މަސައްކަތަކީ ރަށުގެ ތަޢުލީމީ ދާއިރާއަށް މިވަގުތަށް ވަރަށް މުހިންމު މަޝްރޫޢެއްކަމަށެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގަތްގޮތަށް ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށި، ވަރަށް ބާރު މިނެއްގައި މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
“ސްކޫލުގެ އައު އިމާރާތާއެކު ދަރިވަރުންނަށާއި، މުދައްރިސުން އަދި ބެލެނިވެރިންނަށްވެސް ވަރަށް ބޮޑު ފަސޭހައެއްވެގެންދާނެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ސްކޫލްތައް އޭސީކުރުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން ދަނގެތީ ސްކޫލުގެ ކްލާސްރޫމުތަކާއި، ހޯލުވެސް އޭސީ ކުރެވިގެންދާނެކަމަށެވެ. ދަނގެތީ ބިން ހިއްކުމުގެ މަޝްރޫޢަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ، މިއީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައާއި އުމްރާނީ އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ މަޝްރޫޢެއްކަމަށެވެ. ހަމައެހެންމެ ރަށުގެ ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާގޮތަށް ޑިޒައިންކޮށް ރޭވި ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން މިރަށުގައި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“މި ރަށުގައި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތަރައްޤީކޮށްދޭނަން” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދަނގެތީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. ދަނގެއްޗަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ރަށެއްކަމުން އަންނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި މާރިޗުމަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ދަނގެތީގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ދަނގެތީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަލްޗަރަލް ސެންޓަރުގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހުރިހާ މަޝްރޫޢުތަކަކީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢުތަކެއްކަމަށާއި، މިކަންކަން ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދަނގެތީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ އަދި ދަނގެތީ ސްކޫލުގެ 10 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލު ހިމެނޭހެން ތަރައްޤީކުރާ އައު އިމާރާތުގެ މަސައްކަތް ފަހިދިރިއުޅުން ކޯރޕަރޭޝަނާ ޙަވާލުކޮށްފައެވެ. ހާހަކަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ދަނގެއްޗަކީ 25 ހެކްޓަރުގެ ރަށެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
