
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުން އައިނުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ވިޔަފާރީގެ އުސޫލުން ނޫން ކަމަށާއި އެއީ ރައްޔިތުންގެ އަތުން އިތުރު އަގެއް ނެގުމަކާ ނުލައި އައިނު ހައްދައިދޭން ފެއްޓެވި ޚިދުމަތެއް ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އާސަންދައިން އައިނު ހައްދައިދޭ އުސޫލު ރެގިއުލޭޓު ކުރުމުގެ ބަދަލުގައި ސަރުކާރުން އެ ޚިދުމަތް ދޭން ފެށީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައެވެ. މެންބަރު ވަނީ ސަރުކާރުން އައިޖީއެމްއެޗްގައި އައިނުގެ ޚިދުމަތް ޤާއިމުކުރުމަށް ދިޔަ ޚަރަދާއި އަހަރަކު އެ ޚިދުމަތް ދޭން ދާނެ ޚަރަދުގެ މަޢުލޫމާތަށްވެސް އެދިވަޑައިގެންފައެވެ.
މެންބަރު މުޙައްމަދު އިބްރާހިމްގެ ސުވާލަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ފޮނުއްވެވި ޖަވާބުގައި ވިދާޅުވީ ޖުލައި މަހުގެ 27ވަނަ ދުވަހު އައިޖީއެމްއެޗްގައި ސަރުކާރުން އައިނުގެ ޚިދުމަތް ފެއްޓެވީ ހެޔޮ އަގުގައި އައިނުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. މިއީ އާސަންދައިގެ ދަށުން ކޮންމެ ދެ އަހަރަކުން އެއްފަހަރު އައިނު ހެއްދުމަށް ކަނޑައަޅާފައިވާ 2000 ރުފިޔާގެ ތެރެއިން އައިޖީއެމްއެޗުން ފޯރުކޮށްދޭ ޚިދުމަތެއް ކަމަށާއި މިއީ ވިޔަފާރި އުސޫލުން ދޭ ޚިދުމަތެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އައިނުގެ ޚިދުމަތްދޭ އަމިއްލަ ވިޔަފާރިތަކުން އެ ޚިދުމަތް ހޯދުމަކީ އާންމުންނަށް މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމެއްކަން ސަރުކާރަށް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން، އާސަންދައިން ނަންބަރު އައިނު އަޅާ ފަރާތްތަކަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު 1000 ރުފިޔާދޭއިރު ގިނަ ރައްޔިތުންނަށް އަމިއްލަ ޖީބުން އެތައް ހާސްރުފިޔާއެއް ޚަރަދުކުރަން ޖެހޭ ކަމަށާއި އައިޖީއެމްއެޗްގައި އައިނުގެ ޚިދުމަތް ގާއިމުކޮށްގެން ޚިދުމަތް ދިނުމުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު އަގަކާ ނުލައި އައިނު ލިބޭނެ އިންތިޒާމް ހަޖައްސައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ނާޡިމް ވިދާޅުވީ އައިޖީއެމްއެޗްގައި އައިނުގެ ޚިދުމަތް ދިނުމުގެ ކަންކަން ރޭވިފައިވަނީ ލޮލުގެ ތަހުލީލުތައް ހަދާފައިވާ ބަލިމީހުންނަށް، ލޮލުގެ ފެނުމުގެ ޓެސްޓް ކުރުމާއި ގްލޯކޮމާފަދަ ހާލަތްތައް އަވަހަށް ދެނެގަތުމާއި އިންހައުސްކޮށް ލެންސް އުފެއްދުންފަދަ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަތޮޅު ތެރޭގައި މި ޚިދުމަތް ފުޅާކޮށް ރާއްޖޭގައި ލޮލުގެ ފަރުވާ ފަސޭހަގޮތުގައި ލިބޭނެ ގޮތް ހެދުން ކަމަށްވެސް ވިދާޅުވިއެވެ. އައިޖީއެމްއެޗްގައި އައިނުގެ ޚިދުމަތްދޭ ތަން ގާއިމުކުރުމަށާއި އެތަނަށް ބޭނުންވާ އާލާތްތަކަށް 2،060،885.24 ރުފިޔާ ޚަރަދުވި ކަމަށާއި ކޮންމެ އަހަރަކު އެ ޚިދުމަތް ފޯރުކޮށްދޭން 3،456،212.67 ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ލިޔުމުން ފޮނުއްވެވި ޖަވާބުގައި ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
