
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދުރު ހިސާބުތަކަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ ޓޮމަހޯކް މިސައިލް އެމެރިކާއިން ރަޝިޔާއަށް ފޯރުކޮށްދީފިނަމަ، އެމެރިކާ އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން އިއާދަނުކުރެވޭ ވަރަށް ގޯސްވާނެކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ވްލެޑިމީރް ޕުޓިން ދެއްވައިފިއެވެ. ޔޫކްރެއިން ހަނގުރާމަ ނިންމުމަކަށް ގެނައުމަށް، މީގެ ދެ މަހެއްހާ ދުވަސް ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެލަސްކާގައި ޕުޓިން އާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. އޭގެ ބަދަލުގައި ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެފައިވާއިރު، ނޭޓޯގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ ޑްރޯންތައް ވަނުމާއި ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތަކަށް ރަޝިޔާ ސިފައިން ވަނުން ފަދަ ގިނަ ހާދިސާތަކެއް ވަނީ ހިނގައިފައެވެ.
ޙާލަތު އިތުރަށް ގޯސްވަމުން އަންނައިރު، މި ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ސީދާ ވަދެ، ރަޝިޔާއަށް ޙަމަލާދޭން ފެށުމުގެ އަޑުތަކެއްވެސް ވަނީ އިވެން ފަށައިފައެވެ. ސުލްޙަ ޤާއިމުކުރަން ރަޝިޔާއިން އެއްބަސްނުވުމުގެ ހިތްހަމަނުޖެހުން ޓްރަމްޕް ވަނީ ތަކުރާރުކޮށް ފާޅުކުރައްވައިފައެވެ. އަދި ރަޝިޔާގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައް ދިނުމުގެ ޤާބިލުކަން ޔޫކްރެއިނަށް ދިނުމަށް، އެމެރިކާއިން ޓޮމަހޯކް މިސައިލް ފޯރުކޮށްދިނުމަށް ޔޫކްރެއިނުން އެދިފައިވާކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވަނީ ހާމަކުރައްވައިފައެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެމެރިކާއިން ގޮތެއް ނިންމި ކަމެއް ސާފެއް ނޫނެވެ.
ރަޝިޔާގެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޕުޓިން ވިދާޅުވީ، އެމެރިކާއިން ޔޫކްރެއިނުގެ އެ އެދުމަށް އިޖާބަދީ، މިސައިލް ފޯރުކޮށްދީފިނަމަ، އެމެރިކާ އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން އިއާދަނުކުރެވޭ ވަރަށް ގޯސްވާނެ ކަމަށެވެ. ގާތްގަނޑަކަށް 2،500 ކިލޯމީޓަރާ ހަމައަށް ދަތުރުކުރެވޭ ޓޮމަހޯކް މިސައިލް ޔޫކްރެއިނަށް ލިބިއްޖެނަމަ، ރަޝިޔާގެ ހުރިހާ ސަރަޙައްދަކަށް ޙަމަލާދިނުމުގެ ޤާބިލުކަން ޔޫކްރެއިނަށް ލިބޭނެއެވެ. ޕުޓިން ވިދާޅުވި ގޮތުގައި، ޓޮމަހޯކް މިސައިލް ފޮނުމުގައި އެމެރިކާ ސިފައިންގެ ސީދާ ބައިވެރިވުން ޔޫކްރެއިނަށް ބޭނުންވާނެއެވެ. އެހެންކަމުން، އެމެރިކާއިން އެފަދަ އެހީތެރިކަމެއް ފޯރުކޮށްދޭން ފަށައިފިނަމަ، މި ހަނގުރާމައިގެ މުޅީން އާ ބާބެއް ފެށިގެންދާނެކަމަށް ވެސް ޕުޓިން ވިދާޅުވިއެެވެ. ޓޮމަހޯކް މިސައިލް ފޯރުކޮށްދިނަސް، އެފަދަ ޙަމަލާތަކުން ދިފާޢުވެ، މިސައިލްތައް ވައްޓައިލުމުގެ ޤާބިލުކަން ރަޝިޔާގައި ހުރި ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
