
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސިވިލާތުގައި ސިލްސިލާކޮށް، އެއް ސަރަޙައްދަކަށް އެއްވެ ކުރާ މުޒާހަރާތައް ހުއްޓުވަން ފުލުހުންނަށް އިތުރު ބާރުތަކެއް ދީފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ. މި ނިންމުން ނިންމާފައިވަނީ، ޔަހޫދީންގެ ފައްޅިއަކަށް ދިން ޙަމަލާއާ ގުޅިގެން، ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ހިންގަމުންދާ ޤަތުލުއާއްމާ ދެކޮޅަށް އަޑުއުފުލުމަށް ރޭވި މުޒާހަރާއެއް ފަސްކުރަން ސަރުކާރުން އެދުނު އެދުމަށް އިޖާބަނުދިނުމާ ގުޅިގެންނެވެ. އިނގިރޭސިވިލާތުގެ ދާޚިލީ ވުޒާރާއިން ބުނީ، ކުރިން ބޭއްވި މުޒާހަރާތަކުގައި ނުކުތް ނަތީޖާ އާއި މުޖުތަމަޢުއަށް ކުރި ނޭދޭވޭ އަސަރު ވަޒަންކުރުމަށްފަހު، އެފަދަ އެހެން މުޒާހަރާއެއް ހުއްޓުވުމުގެ ބާރު ފުލުހުންގެ އިސްވެރިންނަށް މިހާރު ލިބިދީފައިވާ ކަމަށެވެ.
އެއްވެ އުޅުމުގެ ޙައްޤަކީ ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ނަމަވެސް، ބާކީ ތިބި ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް މުޒާހަރާކުރުމުގެ ފުރުޞަތު ނުދެވޭނެކަމަށް ދާޚިލީ ވަޒީރު ޝަބާނާ މަޙްމޫދު ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ ޙައްޤުގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން، ޔަހޫދީންގެ އާބާދީ ނުތަނަވަސްކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ފަލަސްޠީނިއަން އެކްޝަން ޖަމްޢިއްޔާ، ނިރުބަވެރިކަމާ ގުޅޭ ޤާނޫނެއްގެ ދަށުން އެ ޤައުމުގައި މަނާ ކުރުމުން އެ ކަމާ ދެކޮޅަށް އަޑުއުފުލުމަށް އިއްޔެ ބޭއްވި އެއްވުމުގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މުޒަހާރާތައް ހުއްޓުވަން ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމަކީ، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ ޙައްޤަށް ދިން ނުރައްކާތެރި ޙަމަލާއެއްގެ ގޮތުގައި، އިއްޔެގެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ވަނީ ސިފަކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
