
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޭޕާލަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހި، އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން، މިހާތަނަށް 50 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެެވެ. ނޭޕާލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ، ނޭޕާލުގެ އިރުމަތީގެ، އިންޑިއާއާ ގުޅޭ ބޯޑަރު ސަރަޙައްދުގައި ބިންގަނޑު ކަނޑައިގެން ގޮސް، 35 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އެކި ހިސާބުތަކުގައި ފެންބޮޑުވެގެން، ނުވަ މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، ހޮނުއަޅައިގެން ތިން މީހުން މަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނޭޕާލުގެ ކާރިސާތަކާބެހޭ އިދާރާގެ ތަރުޖަމާނަކު ވިދާޅުވީ، މި ހާދިސާގައި މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން، ގިނަ ހައިވޭތަކާއި މަގުތައް ވެސް އެއްގަމު އުޅަނދަށް ދުއްވަން ދަތިވެ، ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފައެވެ. ކަތުމަންޑޫ އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން އެތެރޭގެ އުދުހުންތަކަށް ބުރޫއަރާފައިވީނަމަވެސް، ބައިނަލްއަގުވާމީ އުދުހުންތައް އެއްވެސް ހުރަހެއް ނެތި ކުރިއަށްދާ ކަމަށެވެ. ބޯކޮށްވާރޭވެހުމުގެ ސަބަބުން، ނޭޕާލުގެ އިރުދެކުނުގައި އޮންނަ ކޯޝީ ކޯރު ވެސް ބަންޑުންވުމުގެ ނުރައްކާ ބޮޑުވެފައިވާކަމަށް އޮފިޝަލުން ވަނީ އިންޒާރުދީފައެވެ. މިއަދުގެ ނިޔަލަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
