
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ހިސާރު ފޫއަޅުވައިލުމުގެ މަޤުޞަދުގައި ދަތުރު ކުރަމުން ދިޔަ ‘ގްލޯބަލް ޞުމޫދް ފްލޮޓިއްލާ’ގެ ނަންދީފައިވާ ހަރަކާތުގެ އުޅަނދުތަކުން ޔަހޫދީން ހައްޔަރު ކުރި މީހުންގެ ތެރެއިން 137 ބައިވެރިން ތުރުކީވިލާތަށް ފޮނުވައިލިފިއެވެ. 40އެއްހާ އުޅަނދު ހިމެނޭ ގާފިލާގެ ދަތުރުގައި 500އެއްހާ މީހުން ބައިވެރިވެފައިވާއިރު، ޔަހޫދީ ސިފައިން ވަނީ އެ އުޅަނދުތަކަށް އަރައި އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރަށް ގެންގޮސްފައެވެ. ޞުމޫދް ފްލޮޓިއްލާ ނުވަތަ ގާފިލާގެ އުޅަނދުތައް ޣައްޒާއަށް ދަތުރު ފަށާފައި ވަނީ އޮގަސްޓު މަހުގެ ފަހުކޮޅެވެ. ނަމަވެސް، ޣައްޒާގެ އައްސޭރިފަށާ ކައިރިވުމުގެ ކުރިން ޔަހޫދީން ވަނީ އެ ދަތުރަށް ހުރަސް އަޅާފައެވެ. އެ އުޅަނދުތަކުން ޔަހޫދީންގެ ހައްޔަރަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި ބައެއް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނާއި، ސިޔާސީންނާއި، އިންސާނިއްޔަތަށް ޓަކައި ވަކާލާތު ކުރާ އެކްޓިވިސްޓުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ.
ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ތުރުކީވިލާތަށް ފޮނުވައިލާފައިވާ ބައެއް މީހުން ބުނީ، ގާފިލާގެ ބައިވެރިންނާ މެދު ޔަހޫދީ ސިފައިން އަނިޔާވެރިކަމާ އެކު އަމަލު ކޮށްފައިވާ ކަމުގައެވެ. މި ގޮތުން، ތުންބްރީއާ މެދު އިހާނެތިކޮށް އަމަލު ކޮށްފައިވާ ކަމުގައި، ގާފިލާގެ ދެ ބައިވެރިއަކު ވަނީ ބުނެފައެވެ. އަދި، ތުންބްރީ ކޮއްޕައި، ގަޅުވައި، ކޮނޑުމަތީގައި ޒަޔަނިސްޓުންގެ ދިދައެއް އެޅުމަށް މަޖުބޫރު ކުރުވި ކަމުގައި އެ މީހުން ބުންޏެވެ. “އެ މީހުން އަޅުގަނޑުމެންނާ މެދު އަމަލު ކުރީ ވަލުޖަނަވާރުންނާ މެދު ވެސް އަމަލު ނުކުރާނެ ފަދަ އިހާނެތި ގޮތަކަށް،” މެލޭޝިޔާގެ 28 އަހަރުގެ ރައްޔިތެއް ކަމުގައިވާ ހަޒްވަނީ ހެލްމީ ބުންޏެވެ. އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ވިންފީލްޑް ބީވަރ ވެސް ވަނީ ޔަހޫދީ ސިފައިން ތުންބްރީއާ މެދު އަނިޔާވެރިކޮށް އަމަލު ކޮށްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، ޒަޔަނިސްޓުންގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.
ތުރުކީވިލާތަށް ފޮނުވައިލާފައިވާ މީހުންގެ ތެރޭގައި އެ ޤައުމުގެ 36 ރައްޔިތަކާއި، އެމެރިކާ، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، އަލް-ޖަޛާއިރު، މަޣްރިބު، އިޓަލީވިލާތް، ކުވަޔިތު، ލީބިޔާ، މެލޭސިޔާ، މޮރިޓޭނިޔާ، ސްވިޓްޒަލެންޑް، ތޫނިސް އަދި އުރުދުންގެ ރައްޔިތުން ހިމެނޭ ކަމުގައި ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. ޟުމޫދް ގާފިލާއިން ޔަހޫދީންގެ ހައްޔަރަށް ގެންގޮސްފައިވާ މީހުންގެ އަދަދު 450އަށް އަރާ ކަމުގައި އެ ހަރަކާތް އިންތިޒާމު ކުރި ފަރާތުން ބުންޏެވެ. ޞުމޫދް ގާފިލާއަށް ހުރަސް އަޅައި، އެ ދަތުރުގެ ގިނަ ބައިވެރިން އަނިޔާވެރިކަމާ އެކު ހައްޔަރު ކުރުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެ ކަން ކުށްވެރިކޮށް ބިޔަ މުޒާހަރާތައް ބާއްވާފައިވާ ޤައުމުތަކާއި ރަށްތަކުގެ ތެރޭގައި އިޓަލީވިލާތުގެ ވެރިރަށް ރޯމް، ޖަރުމަނުވިލާތުގެ ވެރިރަށް ބެރްލިން، ނެދަރލެންޑްސްގެ ދި ހޭގް، ތޫނިސްގެ ވެރިރަށް، އާޖެންޓީގެ ވެރިރަށް ބޮއެނޮސް އައިރިސް، އޮސްޓްރޭލިޔާގެ ސިޑްނީ، ތުރުކީވިލާތުގެ އިސްތަންބޫލް އަދި ބެލްޖިޔަމްގެ ވެރިރަށް ބްރަސެލްސް ފާހަގަ ކޮށްލެވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
