
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެ އަހަރު ދުވަހަށް ދެމިގެން ގޮސްފައިވާ އަނިޔާވެރި އަދި ބިރުވެރިކަން ނިމުމަކަށް އަންނާނެ ކަމުގެ އުންމީދު އައުވެފައިވާ ކަމުގައި ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ބުނެފިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ބިރުވެރިކަމުން މިންޖުވެގެން ހިނގައިދާނެ ކަމުގެ އުންމީދު އައުވެފައި ވަނީ، ޔަހޫދީންގެ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުއަޅުއްވަމުން ގެންދަވާތީއެވެ. ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ވަނީ 20 މާއްދާގެ މައްޗަށް އެކުލެވިގެންވާ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އޭނާގެ ހުށަހެޅުންތަކަށް ޔަހޫދީން އެއްބަސްވެފައިވާ ކަމުގައި ބެލެވޭއިރު، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވެސް ވަނީ ޓްރަމްޕްގެ ހުށަހެޅުމުގެ ބައެއް މާއްދާތަކަށް ރުހޭނެ ކަން ހާމަކޮށްފައެވެ. ޙަމާސްގެ ބިނާކުރަނިވި ރައްދާ އެކު، އެ ޖަމާޢަތުން ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމަށް ބޭނުންވާ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ ޣައްޒާއަށް ބޮންއެޅުން ހުއްޓައިލުމަށް ޔަހޫދީ ފައުޖަށް ގޮވައިލައްވާފައެވެ.
“މިއީ ވަރަށް ވެސް އުފާވެރި ޚަބަރެއް، މި ވަގުތު ދުނިޔޭގައި ތިބި މީހުންގެ ފުރަނާތައް ސަލާމަތް ކުރެވިގެން ދާނެ،” ޣައްޒާގައި ދިރިއުޅޭ 32 އަހަރުގެ ސަޢޫދު ޤަރާނީޠަތު ބުންޏެވެ. “މި ވަރުން ފުދޭނެ. ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައި، ހުރިހާ އެއްވެސް ވަނީ ހަލާކު ކޮށްލާފައި، ބާކީ އޮތީ ކޮން އެއްޗެއް؟ އެއްވެސް އެއްޗެއް ނެތް.” ޣައްޒާއަށް ބޮންއެޅުން ހުއްޓައިލުމަށް ޓްރަމްޕް ގޮވައިލެއްވި ނަމަވެސް ޔަހޫދީން އެ ގޮވައިލުމަށް އިޖާބަ ދީފައެއް ނެތެވެ. މި ގޮތުން، އެ ސަހަރުގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ހިންގަމުންދާ ޖަރީމާތައް ޔަހޫދީ ފައުޖުން ދަނީ ފުޅާ ކުރަމުންނެވެ. “އަޅުގަނޑުމެން އެދެނީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ޔަހޫދީންނަށް ބާރު އަޅުއްވަމުން ގެންދެވުމަށް، މި ފުރުޞަތު ގެއްލިއްޖެ ނަމަ، މުޅި ޣައްޒާ ސިޓީ ނެތިކޮށްލާނެ، އަދި އަޅުގަނޑުންނަށް ސަލާމަތް ކަން ހޯދުމުގެ ފުރުޞަތު ނެތިދާނެ،” ޣައްޒާ ސިޓީގައި ދިރިއުޅޭ ތިން ކުދިއްގެ ބައްޕައެއް ކަމުގައިވާ 40 އަހަރުގެ އިސްމާޢީލް ޛައިދާ ބުންޏެވެ.
ދެ އަހަރަށް ދެމިގެން ގޮސްފައިވާ ޤަތުލުޢާންމުގައި ޔަހޫދީން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 66,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ އުމުރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 158,000އަށްވުރެ މައްޗަށް އަރައެވެ. “މާތްاللهގެ އިރާދަފުޅާ އެކު، މި ހަނގުރާމަ ނިމުމަކަށް ގެނެވޭނެ. ހަނގުރާމަތަކުން އަޅުގަނޑުމެންނަށް މިންޖުވެވޭނެ،” މި ވަގުތު ފޭލިގެއެއްގައި ދިރިއުޅޭ 59 އަހަރުގެ ޢަލީ އަޙްމަދު ބުންޏެވެ. ޔަހޫދީ ފައުޖުން ވަނީ އޭގެ ގެއަށް ބޮންއަޅައި ސުންނާފަތި ކޮށްލާފައެވެ. ޢުދުވާނީ ޙަމަލާތަކުގެ އިތުރުން ޔަހޫދީން ވަނީ ޣައްޒާގެ ހިސާރު ވެސް ހަރުކަށިކޮށް، ކާބޯތަކެއްޗާއި ސާފު ބޯފެނާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައި، ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖައްސާފައެވެ.
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުން ދަނީ އެ މީހުންގެ ނަސްލު ނައްތައިލުމަށް ހިންގާ ޤަތުލުޢާންމެކެވެ. އެ ކަން އެކުވެރި ދައުލަތްތައް (އދ)ގެ ޚާއްޞަ ކޮމިޝަނެއްގެ އިތުރު އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ތަޖުރިބާކާރުން ވެސް ހެކިވެއެވެ. “ކޮންމެ ދުވަހަކު ވެސް [ޔަހޫދީ ސިފައިން ދަނީ] އެތަކެއް ބަޔެއްގެ ފުރާނަ ނަގައިލަމުން. މިއީ [ހަނގުރާމައަކީ] ހަމައެކަނި ވަގުތުތަކެއް ނަގައިލުމެއް ނޫން، އެތަކެއް ބަޔެއްގެ ފުރާނަ ވެސް ނަގައިލުން. ހުރިހާ ފަރާތަކުން ވެސް ފަހަތަށް ޖެހެން ގޮވައިލަން،” ޣައްޒާ ސިޓީގައި ދިރިއުޅޭ ވިޔަފާރިވެރިއެއް ކަމުގައިވާ ތާމިރް އަލް-ބަރާޢީ ބުންޏެވެ. ޔަހޫދީންގެ ޤަތުލުޢާންމު ނިމުމަކަށް ގެނައުމުން، އެނބުރި ވަޒަނަށް ދަތުރުކޮށް، ދިރިއުޅުން އަލުން އާރާސްތު ކުރުމަށް ފެށުމަކީ ޣައްޒާގެ ރައްޔިތުންގެ އުންމީދެވެ. ނަމަވެސް، ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް ދޫނުކުރާނެ ކަމުގައި ޔަހޫދީން ވަނީ ބުނެފައެވެ. އަދި، ވާދީ ޣައްޒާގެ އުތުރުން އޮތް ހުރިހާ ސަރަޙައްދުތަކަކީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގައި ބުނެފައެވެ.
“އެ ކަން [ޢުދުވާން ހުއްޓައިލުން] ވާނެތަ؟ އަޅުގަނޑުމެންނަށް ޓްރަމްޕަށް އިތުބާރު ކުރެވިދާނެތަ؟ މިސާލަކަށް ޓްރަމްޕަށް އިތުބާރު ކުރި ނަމަވެސް، [ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޔަމިން] ނަތަންޔާހޫ ޓްރަމްޕްގެ ގޮވައިލުމަށް އިޖާބަދޭނެތަ؟ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ކުރި ހުރިހާ މަސައްކަތެއް އޭނާ ވަނީ ފޭލުކޮށްފައި. އަޅުގަނޑު އުންމީދު ކުރަނީ މި ކަން މި ފަހަރު ނިމުމަށް،” ދަޔިރް އަލް-ބަލަޙްގައި ޢާއިލާއާ އެކު ފޭލިގެއެއްގައި ދިރިއުޅޭ 31 އަހަރުގެ އާޔާ ބުންޏެވެ. އޮކްޓޫބަރު 7ގެ ކުރިން ދެ އަހަރުވީ ޤަތުލުޢާންމު ހުއްޓުމަކަށް ގެންނާނެ ކަމަށް އުންމީދު ކުރާ ކަމުގައި ވެސް އޭނާ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“އަދަދު” ނޫހުގެ އައިޝާ ޑޮކިއުމެންޓްރީގައި ހުރީ ދޮގު ވާހަކަތަކެއް، ދައުވާ ކުރާނަން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) "އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި އަޅުވާފައިވާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް...
ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދެއްކީ 21 ދުވަސްތެރޭގައި!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދަރަނި ދެއްކުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ވޭތުވެދިޔަ 21 ދުވަހުގެ ތެރޭގައި އެކަނިވެސް ބޭރުގެ ދަރަނީގެ ގޮތުގައި...
މާލެ ސަރަހައްދުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މާލެ ސަރަހައްދުގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް ބިނާކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު...
“ބޭސް ލިބުމުގައި ހުރި ދަތިތައް ސަރުކާރުން ހައްލުކޮށްދޭނެ”
(ފޮޓޯ ކްރެޑިޓްސް: އެސްޓީއޯ) ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުގެ ބޭސް ކުންފުނީގެ އެހީގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާކަމަށް...
މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި، ދިފާއުގައި ބުނީ ވާހަކަދައްކަން އުޅުނީ ކަމަށް!
މާލޭގެ މޭޔަރު އާދަމް އާޒިމަށް އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން ހަމަލާދިން މައްސަލައިގައި 35 އަހަރުގެ މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފިއެވެ. މި ހަމަލާއާ...
ވަޒީރު އިރުތިޝާމް، އިންޑިޔާއާއި ލަންކާގެ ޚާރިޖީ ވަޒީރުންނާއެކު މަޝްވަރާކުރައްވައިފި
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާއާއި ސްރީލަންކާގެ ޚާރިޖީ ވަޒީރުންނާ ފޯނުން ގުޅުއްވައި، އެ ޤައުމުތަކާއެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން...
