
(ފޮޓޯ ކްރެޑީޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ބޮންއެޅުން ހުއްޓައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވައިލައްވާފައިވީ ނަމަވެސް، އެ ގޮވައިލުމަށް އިޖާބަދިނުމުގެ ވިސްނުމެއް ޔަހޫދީންގެ ކިބައިގައި ނެތް ކަން ހާމަވެއްޖެއެވެ. ޒަޔަނިސްޓު ދައުލަތުން ބުނީ، ޣައްޒާގެ އުތުރުގެ ރަށްތަކަކީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގައެވެ. އަދި، އެ ސަރަޙައްދުތައް ހުސްކޮށް ދެކުނުގެ ރަށްތަކަށް ދަތުރު ކުރުމަށް ޔަހޫދީން ވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް އަންގާފައެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ޓްރަމްޕް ގޮވައިލައްވާފައި ވަނީ، ޔަހޫދީންގެ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އޭނާ އިޢުލާނު ކުރައްވާފައިވާ ހުށަހެޅުމުގެ ބައެއް މާއްދާތަކަށް އެއްބަސްވާނެ ކަން، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހާމަކުރުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމަށް ޙަމާސުން ބޭނުންވާ ކަމުގައި އޭނާ ޤަބޫލު ކުރައްވާ ކަމުގައެވެ.
ޓްރަމްޕްގެ ގޮވައިލެއްވުން ބޮލާލާޖަހައި ޔަހޫދީން ބުނީ، ވާދީ ޣައްޒާގެ އުތުރުން އޮތް ހުރިހާ ސަރަޙައްދުތަކެއްގައި ޢުދުވާނީ ޙަމަލާތައް މެދުކަނޑައިނުލައި ކުރިއަށް ގެންދާނެ ކަމުގައެވެ. އޭގެ ތެރޭގައި، ސުންނާފަތި ކޮށްލާފަައިވާ ޣައްޒާ ސިޓީ ވެސް ހިމެނެއެވެ. ޣައްޒާ ސިޓީން ފޭބުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ އެ ރަށުގައި ދިރިއުޅޭ މިލިޔަނެއްހާ ރައްޔިތުންނަށް އަނެއްކާ ވެސް ގޮވައިލާފައެވެ. ޣައްޒާގެ ދެކުނުގައިވާ ރަށްތައް މި ވަގުތު އޮތީ ތޮއްޖެހިފައެވެ. އޭގެ ތެރޭގައި ގިނައީ، ޣައްޒާގެ އުތުރުގެ ރަށްތަކުގެ ވަޒަންވެރިންނެވެ. “މި ފަދަ އުފާވެރި ޚަބަރެއްގެ އިންތިޒާރުގައި އަޅުގަނޑުމެން ތިބީ. އަޅުގަނޑުމެން މަޑުކޮށްގެން ތިބީ އެއްބަސްވުމަކަށް އާދެވޭނެ ދުވަހަކަށް، އަޅުގަނޑުމެންގެ ދިރިއުޅުން އިހު އޮތްގޮތަށް ރުޖޫއަވާނެ ދުވަހަކަށް، އެ ގޮތަށްވުރެ ވެސް މާ ރަނގަޅު ވާނެ ކަމަށް. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އުފާވެރި ޚަބަރުތައް ލިބޭނެ ކަމުގެ އުންމީދު ބޮޑު،” ޣައްޒާ ސިޓީން އެ ސަހަރުގެ ދެކުނަށް ދަތުރުކޮށް، މި ވަގުތު ފޭލިގެއެއްގައި ދިރިއުޅޭ މީހަކު ބުންޏެވެ. އަމިއްލަ ވަޒަނަށް އެނބުރި ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާ ކަމުގައި ވެސް އޭނާ ބުންޏެވެ.
ޔަހޫދީން ފައުޖުން މިހާރު ވެސް ދަނީ ޣައްޒާ ސިޓީގެ ޢާންމުން ގެދޮރާއި، މަދަރުސާތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އަދި، ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ. ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމުގެ ނަމުގައި އޮގަސްޓު މަހުގެ މެދުތެރޭގައި ޔަހޫދީން ހިންގަން ފެށި ޢުދުވާނުން ސަލާމަތްވުމަށް 400,000އެއްހާ މީހުން ދެކުނުގެ ރަށްތަކަށް ހިޖުރަ ކޮށްފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކުރިއެވެ. ޣައްޒާ ސިޓީން ފޭބުމަށް މަސަައްކަތް ކުރި ގިނަ އަދަދެއްގެ ބަޔަކަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައިވާ ކަން ވެސް އދން ފާހަގަ ކުރެއެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކޮށްފައި ވަނީ ޚާން ޔޫނިސާއި ދަޔިރް އަލް-ބަލަޙަށެވެ. ޓްރަމްޕްގެ ހުށަހެޅުމުގެ ދަށުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، މަރުވެފައިވާ އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކުރަން ޖެހޭނެއެވެ. ޙަމާސުން ވަނީ އެ މާއްދާތަކަށް އެއްބަސްވާނެ ކަން ހާމަކޮށްފައެވެ. އޭގެ ބަދަލުގައި، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދެމުންދާ ފަލަސްޠީނުގެ 1,170 މީހުން ދޫކޮށްލަން ޖެހޭނެއެވެ. އަދި، އެކި ކުށްތަކުގައި އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ 250 ކުށްވެރިން ވެސް މިނިވަން ކުރަން ޖެހޭނެއެވެ. މިއީ، ޔަހޫދީންނާ އެކު ސުލްޙަ ޤާއިމު ކުރުމަށް ޙަމާސަށް އޮތް އެންމެ ފަހު ފުރުޞަތު ކަމުގައި ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 4-2 އިން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި އިންގްލޭންޑްގެ ކެޕްޓަން...
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
