
ކޮންމެ ވެރިކަމަކާ ދެކޮޅަށް ޤައުމު ހަމައިން ނައްޓުވާލައި ވެރިކަން ވައްޓާލަން ނިކުމެގަތުމުގެ ޝަރުޢީ ސަބަބަކީ ކޮބައިކަން ސާފުކޮށް ދެއްވުމަށް ދީނީ ޢިލްމުވެރިޔާ އައްޝައިހް މުޖްތަބާ ޙަމީދު, އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކިބައިން އެދިވަޑައިގެންފި އެވެ. ދަޢުވަތުގެ މައިދާނުގައި އެންމެ ހަރަކާތްތެރި ޢިލްމުވެރީންގެ ތެރޭގައި ހިމެނޭ ޝެއިޚް މުޖްތަބާ ވަނީ އިމްރާނަށް މައިގަނޑު ދެ ސުވާލެއް އަމާޒު ކުރައްވާފަ އެވެ. އެއީ މީގެ ކުރީން ވެސް ދެ ރައީސަކާއި ދެކޮޅަށް ވެރިކަން ވައްޓާލަން އިމްރާން އިސްވެ ނިކުތުމުން އޭނާއަށް ކުރީން ވެސް އަމާޒު ކުރައްވާފައިވާ ދެ ސުވާލު ކަަމަށް ޝެއިޚް މުޖްތަބާ ވިދާޅުވި އެވެ.
މުޖްތަބާގެ ޕޯސްޓްގައި ވިދާޅުވީ މިއަދުވެސް ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާންއާ ކޮށްލަން އޮތް ސުވާލަކީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓާލަން 2012 ގައި ނިކުމެގަތުމާއި، 2015 ގެ މޭޑޭގައި ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ނިކުމެގަތުމާ މެދު ކުރިމަތިކުރި ސުވާލު ކަަމަށެވެ. “.. އެއީ، ޤައުމު ހަމައިން ނައްޓުވާލައި ވެރިކަން ވައްޓާލަން ނިކުމެގަތުމުގެ ޝަރުޢީ ސަބަބަކީ ކޮބައިހެއްޔެވެ؟ އެކަމަށް ކީރިތި ޤުރްއާނާއި ސުންތުން އޮތް ޙުއްޖަތަކީ ކޮބައިހެއްޔެވެ؟,” އިމްރާނަށް ސުވާލުކުރައްވާ ޝެއިޚް މުޖްތަބާ ވިދާޅުވި އެވެ.
ދީނީ ޢިލްމުވެރިއެއް ނަމަވެސް ގިނަ ބަޔަކު ޢިމްރާން ސިފަކުރަނީ އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކާ ދެކޮޅަށް ނިކުމެގަނެ ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލަން “ބުހުތާނު” ވާހަކަ ދައްކާ ބޭފުޅެއްގެ ގޮތުގަ އެވެ. ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް ނިކުމެ އަދި ރަައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ނިކުމެ ވެސް އެފަދަ އެތައް ވާހަކަތަކެއް ދެއްކި އެެވެ. އޭނާ މިހާތަނަށް ނުނިކުމެ ހުރީ އޭނާއަށް ހޯމް މިނިސްޓަރުކަން އޮތް ރައީސް ސޯލިހްގެ ވެރިކަމާއި ދެކޮޅަށެވެ. އެ ނޫން ހުރިހާ ރައީސުންގެ ވެރިކަމާއި ދެކޮޅަށް ނިކުތުވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
