
ބޭރުގެ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއެރުވުމަށްޓަކައި، ރާއްޖެއާ ގާތް ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ގިނައިން ގެނައުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުވަރިޒަމް އިންޑަސްޓަރީ، (މަޓީ)ގެ ވައިސް ޗެއަރމެން ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ. އަފީފް މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދިޔަ “ޓޫރިޒަމް އެޓް 50 ޕްލަސް” ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި “ޓޫރިޒަމް އެޓް 50 ޕްލަސް” ގެ ނަމުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓެއްގައި، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ބޭރުގެ ކުއްލި ލޮޅުންތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެންމެ އެދެވޭ ގޮތަކީ ކޮބައިކަމާމެދު ސުވާލު ކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ކަގި މޯލްޑިވްސް)
މި ސުވާލަށް ޖަވާބުދެއްވަމުން މަޓީގެ ވައިސް ޗެއަރމެން ޙުސައިން އަފީފް ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ދުރު މަންޒިލްތަކުގެ ފަތުރުވެރިންނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ރާއްޖެއާ ކައިރި ސަރަޙައްދުތަކުގައިވާ ޤައުމުތަކުން ފަތުރުވެރިން ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރުން މުހިންމުކަމަށެވެ. އަފީފް ވިދާޅުވީ، މިފަދަ ސްޓްރެޓެޖީއެއް ގެންގުޅުމުން، އެކިއެކި ސަބަބުތަކާ ހުރެ ފަތުރުވެރިކަމަށް ލޮޅުން އަރާ ޙާލަތްތަކުގައި، އެ ލޮޅުމުގެ ސަބަބުން ލިބޭނެ ގެއްލުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށެވެ. “އަޅުގަނޑަށް ގަބޫލުކުރެވެނީ ކައިރީގެ މާކެޓްތަކުން ފުޓް ހޯލްޑް ބޯޑުކުރުން އަސްލު ވަަރަށް މުހިންމުކަމަށް. އެއީ ޔޫރަޕްގެ ހިސާބުގަ އެމީހުން ކޮންމެ ކަމެއް ކުރިޔަސް މިހިސާބުގަނޑުގައި އުޅޭ ގެސްޓުން އަޅުގަނޑުމެންނަށް ގެނެވޭނެ. އަޅުގަނޑު ގަބޫލުކުރަނީ އެއީ ވަރަށް މުހިންމުކަމެއް ކަމަަށް.” މަޓީގެ ވައިސް ޗެއަރމެން ހުސެއިން އަފީފް ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަ ކުރުމަށާއި، ކޮންމެ ހާލަތެއްގައިވެސް ދެމިހުރެވޭނެ ގޮތަކަށް މި ސިނާއަތް ބައްޓަން ކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް ކަމަށް އަފީފް ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
މާޒީއަށް ބަލާއިރު، ބޭރުގެ ކުއްލި ލޮޅުންތަކުގެ ސަބަބުން ތަފާތު އެކި ދުވަސްވަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ނޭދެވޭ އަސަރުތަކެއް ވަނީ ކުރިމަތިވެފައެވެ. މިގޮތުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ގިނަ ރިސޯޓުތަކަކަށް ލިބުނު ގެއްލުމާއެކު، ދިގު މުއްދަތަކަށް ފަތުރުވެރިންގެ ޒިޔާރަތްތައް މުޅިން ހުއްޓުމަކަށް އައެވެ. މީގެއިތުރުން، 2008 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން، ފަތުރުވެރިންގެ ޚަރަދުކުރުން މަދުވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔަކަން ފާހަގަކުރެވެއެވެ.
އެންމެ ފަހުން 2020 ވަނަ އަހަރު ފެތުރުނު ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތައް ބަންދުވެ، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައި ހިނދު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް މުޅިން ހުއްޓި، މި ދާއިރާއިން ލިބެމުންދިޔަ އާމްދަނީ މުޅިން ހުއްޓުމަކަށް އައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
