
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމުގެ ނަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ރޭވުމަށް އެއްބަސްވުމަށް ޙަމާސް ޖަމާޢަތަށް އޭނާ މުހުލަތެއް ދެއްވައިފިއެވެ. އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމުގެ ނަމުގައި ޓްރަމްޕް ހުށަހަޅުއްވާފައިވާ ރޭވުމާ ގަބޫލުވުމަށް އޭނާ ދެއްވާފައިވާ މުހުލަތު ހަމަވާނީ ސެޕްޓެންބަރު 5ވަނަ ދުވަހު ޖީއެމްޓީ ގަޑިން ރޭގަނޑު 10 ޖަހާއިރެވެ. އެ ސުންގަޑި ހަމަވާނީ ރާއްޖެ ގަޑިން، ސެޕްޓެންބަރު 6ވަނަ ދުވަހުގެ މެންދަމުންއަލިވެ 3 ޖަހާއިރެވެ. މީސްމީޑިޔާގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ޙަމާސަށް އިންޒާރު ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ، އޭނާ ހުށަހަޅުއްވާފައިވާ 20 މާއްދާގެ މައްޗަށް އެކުލެވިގެންވާ ރޭވުމަށް ޙަމާސުން އާނބަސްނުބުނެއްޖެ ނަމަ، ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހޭނީ އިތުރު ލޭއޮހޮރުވުމާ ކަމުގައެވެ. “މި ފަހު ފުރުޞަތުގެ ހުށަހެޅުން ނާކާމިޔާބުވެއްޖެ ނަމަ ޙަމާސަށް ނަރަކައާ އެއް ފަދަ ހާލަތަކާ ކުރިމަތިލާން ޖެހޭނެ. ކޮންމެ ވެސް އެއް ގޮތަކުން މެދުއިރުމަތީގައި ސުލްޙަ ޤާއިމު ކުރެވޭނެ،” އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ރޭވުން އިޢުލާނު ކުރައްވާފައި ވަނީ ހުސްވި ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އަދި، އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުުގެ ޖަލްސާގެ ހަވާސާގައި ޓްރަމްޕްގެ ސަރުކާރުން ވަނީ އޭނާގެ ހުށަހެޅުމާ ގުޅޭ ގޮތުން ބައެއް ޢަރަބި ޤައުމުތަކާއި މުސްލިމް ޤައުމުތަކާ އެކު މަޝްވަރާ ކޮށްފައެވެ. އެއަށް ފަހު، ޓްރަމްޕް ވަނީ ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވޮޝިންގްޓަނުގައި ބައްދަލުކުރައްވައި، އޭނާގެ ހުށަހެޅުންތަކާ ގުޅޭ އިތުރު މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޓްރަމްޕްގެ ހުށަހެޅުއްވުމުގައި ފަލަސްޠީނަށް މިނިވަން ކަން ދިނުން ހިމަނާފައި ނެތް ކަމުގައެވެ. މި ގޮތުން، ފަލަސްޠީނުގެ އަމިއްލަ ބިމުގައި ޔަހޫދީންގެ ދައުލަތަކާ އެކު، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ޓްރަމްޕްގެ ރޭވުމުގައި ހުށަހަޅުއްވާފައި ނެތް ކަމުގައެވެ. އަދި، ޓްރަމްޕްގެ ހުށަހެޅުއްވުމަކީ ޔަހޫދީންނާއި ޒަޔަނިސްޓު ނަތަންޔާހޫ ބޭނުންވާ ގޮތަށް ފަރުމާ ކޮށްފައިވާ ހުށަހެޅުމެއް ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޓްރަމްޕް ބޭނުންފުޅީ ފަލަސްޠީނުގެ މިނިވަން ދައުލަތެއްގެ ހުވަފެން ފުނޑުފުނޑުކޮށްލުން
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެއީ، ޤަތުލުޢާންމެއް ކަމުގައި އދގެ ކޮމިޝަނަކުން ވެސް ވަނީ ކަނޑައަޅާފައެވެ. ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 66,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ ވަރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ. ޓްރަމްޕްގެ ރޭވުމުގައި އެންމެ އިސްކަމެއް ދީފައި ވަނީ ޙަމާސުން ޣައްޒާ ފޭރިގަނެ، އެ ސަހަރުގެ ވެރިކަމުން އެ ޖަމާޢަތް ދުރުކުރުމަށެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ އެ ޖަމާޢަތް ނައްތައިލުމަށެވެ. އެއީ، ޔަހޫދީންގެ ޤަތުލުޢާންމުގެ ވެސް މައިގަނޑު މަޤުޞަދެވެ. ޓްރަމްޕްގެ އަމާޒަކީ، ޙަމާސްގެ ފަރާތުން ޔަހޫދީންގެ ދައުލަތަށް އޮތް ކަމަށް ބުނާ ނުރައްކާތެރި ކަން ނިމުމަކަށް ގެނައުމެވެ. ޓްރަމްޕްގެ ރޭވުމަށް ޙަމާސުން އެއްބަސްވެއްޖެ ނަމަ، ޣައްޒާގެ ވެރިކަން ދޫކޮށްލުމަށް އެ ޖަމާޢަތަށް މަޖުބޫރުވާނެއެވެ.
ޔަހޫދީންގެ ޤަތުލުޢާންމުގައި ބިކަކޮށް، ނިކަމެތިކޮށް، ހައިހޫނުގައި ޖައްސާފައިވާ ޣައްޒާގެ 2.2 މިލިޔަނެއްހާ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދެވެން އޮތް ހަމައެކަނި މަގަކީ، ޣައްޒާގެ ވެރިކަމުން ޙަމާސް އެއް ފަރާތްވުން ކަމުގައި ޓްރަމްޕްގެ ރޭވުމުން ހާމަވެއެވެ. ޣައްޒާގެ ރައްޔިތުން ބިކަކޮށްލައި، ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން އެ ސަހަރުގެ ހިސާރު ހަރުކަށި ކޮށްފައި ވަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
ޓްރަމްޕްގެ ރޭވުމުގެ ދަށުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، މަރުވެފައިވާ އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކުރަން ޖެހޭނެއެވެ. އޭގެ ބަދަލުގައި، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދެމުންދާ ފަލަސްޠީނުގެ 1,170 މީހުން ދޫކޮށްލަން ޖެހޭނެއެވެ. އަދި، އެކި ކުށްތަކުގައި އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ 250 ކުށްވެރިން ވެސް މިނިވަން ކުރަން ޖެހޭނެއެވެ. މިއީ، ޔަހޫދީންނާ އެކު ސުލްޙަ ޤާއިމު ކުރުމަށް ޙަމާސަށް އޮތް އެންމެ ފަހު ފުރުޞަތު ކަމުގައި ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
