
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ހިސާރު ފޫއަޅުވައިލައި، އެ ސަހަރުގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރު ކުރަމުން ދިޔަ ‘ގްލޯބަލް ޞުމޫދް ފްލޮޓިއްލާ’ގެ ނަންދީފައިވާ ހަރަކާތުގެ އުޅަނދުތަކަށް ޔަހޫދީން ހުރަސް އެޅުމާ ގުޅިގެން އެ ކަމާ ދެކޮޅަށް އަޑުއުފުލައި، ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިޔަ މުޒާހަރާތަކެއް ކުރަމުން އެބަދެއެވެ. 40އަކަށް އުޅަނދު ހިމެނޭ ޞުމޫދް ފްލޮޓިއްލާ ނުވަތަ ގާފިލާގެ އުޅަނދުތައް ޣައްޒާއަށް ދަތުރު ފަށާފައި ވަނީ ސެޕްޓެންބަރު މަހުގެ ކުރީކޮޅެވެ. ނަމަވެސް، ޣައްޒާގެ އައްސޭރިފަށާ ކައިރިވުމުގެ ކުރިން ޔަހޫދީން ވަނީ އެ ދަތުރަށް ހުރަސް އަޅާފައެވެ. އަދި، ޔަހޫދީ ސިފައިން ވަނީ، ގާފިލާގެ އުޅަނދުފަހަރަށް އަރައި، އޭގައި ދަތުރު ކުރަމުން ދިޔަ އެތަކެއް ސަތޭކަ މީހުން ހައްޔަރު ކޮށްފައެވެ. ޔަހޫދީން ހުރަސް އަޅާފައިވާ މީހުންގެ ތެރޭގައި ބައެއް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ މެންބަރުންނާއި، ސިޔާސީންނާއި އެކްޓިވިސްޓުން ހިމެނެއެވެ. އޭގެ ތެރޭގައި، ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ.
މި ކަމާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލުމަށް އެންމެ ބިޔަ މުޒާހަރާތަކެއް ކުރަމުން ދަނީ ވިލާތުގެ ޤައުމުތަކުގެ އިތުރުން އޮސްޓްރޭލިޔާ އަދި ދެކުނު އެމެރިކާގެ ޤައުމުތަކުގައެވެ. މުޒާހަރާތަކުގެ ބައިވެރިން ދަނީ، ޔަހޫދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެ މީހުން ނިސްބަތްވާ ޤައުމުތަކުގެ ސަރުކާރުތަކަށް ގޮވައިލަމުންނެވެ. ސްޕެއިންގެ އިރުއުތުރުގައި އޮތް ބަރްސެލޯނާގައި ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާގައި 15,000އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. ޞުމޫދް ގާފިލާއިން ޔަހޫދީންގެ ހައްޔަރަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި ބަރްސެލޯނާގެ ކުރީގެ މޭޔަރު އާދާ ކޯލޫ ހިމެނެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ އޭނާ މިނިވަން ކުރުމަށް ގޮވައިލާފައެވެ. އަދި، ޣައްޒާގެ ރައްޔިތުންނާ އެކު ދެމިތިބޭނެ ކަމަށާއި، އެ މީހުންގެ ޙައްޤުތަކަށް ވަކާލާތު ކުރުން ހުއްޓައިނުލާނެ ކަމަށް ބުނެ އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިންނަށް ހުރަސް އެޅުމަށް ސްޕެއިންގެ ފުލުހުން މަސައްކަތް ކޮށްފައިވެއެވެ.
މީގެ އިތުރުން އަޔަލެންޑުގެ ވެރިރަށް ޑަބްލިންގެ މަގުތަކުގައި އެތަކެއް ހާސް ބަޔަކު ދަނީ ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާ ކުރަމުންނެވެ. އެންމެ ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވަނީ އަޔަލެންޑްގެ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ދޮށަށެވެ. މީގެ އިތުރުން، ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ މަގުތަކުގައި ވެސް 1,000އަކަށްވުރެ ގިނަ މީހުން ދަނީ ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރުމަށް މަރްސޭގައި ބޭއްވި ބިޔަ މުޒާހަރާގެ ތެރެއިން 100އަށްވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ޣައްޒާގެ ރައްޔިތުންނާ އެކު ދެމިތިބޭނެ ކަން ހާމަކޮށްދިނުމުގެ ގޮތުން އިޓަލީވިލާތުގައި އެތަކެއް ހާސް މަސައްކަތްތެރިންނެއް ދަނީ ހަޅުތާލު ކުރަމުންނެވެ. ހަޅުތާލުތައް އިންތިޒާމު ކޮށްފައި ވަނީ އެ ޤައުމުގެ މަސައްކަތްތެރިންގެ ޔޫނިއަންތަކުންނެވެ. މި ގޮތުން، ވެރިރަށް ރޯމްގައި މަސައްކަތް ހުއްޓައިލައި، ހަޅުތާލާއި މުޒާހަރާތަކާ ގުޅުމަށް މަގުތަކަށް ނިކުތް މީހުންގެ އަދަދު 10,000އަށްވުރެ މައްޗަށް އަރައެވެ. އެ މީހުން ބުނީ، ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ހުރިހާ ކަމަކަށް ހުރަސް އެޅުމަށް ތައްޔާރަށް ތިބި ކަމުގައެވެ.
މީގެ އިތުރުން، ޖަރުމަނުވިލާތުގެ ވެރިރަށް ބެރްލިނާއި، ނެދަރލެންޑްސްގެ ދި ހޭގް، ތޫނިސްގެ ވެރިރަށް، އާޖެންޓީގެ ވެރިރަށް ބޮއެނޮސް އައިރިސް، އޮސްޓްރޭލިޔާގެ ސިޑްނީ އަދި ތުރުކީވިލާތުގެ އިސްތަންބޫލުގައި ވެސް ޔަހޫދީންނާ ދެކޮޅަށް ކުރަމުންދާ ބިޔަ މުޒާހަރާތަކުގައި އެތަކެއް ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އެ ޤައުމުތަކުގެ ރައްޔިތުން މުޒާހަރާ ކޮށްފައި ވަނީ އެ ޤައުމުތަކުގައި ހުރި ޒަޔަނިސްޓު ސަރުކާރުގެ އެމްބަސީތައް ދޮށުގައެވެ. މީގެ އިތުރުން ބެލްޖިޔަމްގެ ވެރިރަށް ބްރަސެލްސްގައި ހުންނަ ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ޤާނޫނު ހަދާ މަޖިލިސް ކައިރީގައި ބޭއްވި މުޒާހަރާގައި 3,000އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
