
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރި ގްލޯބަލް ޞުމޫދު ފްލޮޓިއްލާ (ޖީއެސްއެފް)ގެ އެއް އުޅަނދު ސައިޕްރަސްގައި ބަނދަރުކޮށްފިއެވެ. ސައިޕްރަސް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، 21 މީހުންނާއެކު އެ އުޅަނދު ބަނދަރުކޮށްފައިވަނީ، ތެޔޮ އެޅުމަށް ކަމަށެވެ. ނަމަވެސް، އެ ބޯޓާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް އޭނާ ދެއްވާފައެއް ނުވެއެވެ. އަދި މި ބޯޓަކީ، ޖީއެސްއެފްގެ ޤާފިލާގައި ހިމެނޭ ބޯޓެއް ކަމެއް ވެސް އޭނާ ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ. އެ ބޯޓުގައި ތިބި މީހުންގެ މަޢުލޫމާތު ނެގުމަށްފަހު، އެ މީހުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދިނުމުގެ އިތުރުން ކޮންސިޔުލަރ ޚިދުމަތް ފޯރުކޮށްދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންދާއިރު، ޖީއެސްއެފުން މަސައްކަތް ކޮށްފައި ވަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރި މީހުންގެ ތެރޭގައި 44 ޤައުމަކަށް ނިޞްަބަތްވާ 500އަށްވުރެ ގިނަ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބެރީ ވެސް ހިމެނެއެވެ. ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ދަތުރު ފެށި ފްލޮޓިއްލާ ޣައްޒާއާ ކައިރި ހިސާބަކަށް ފޯރާފައި ވަނީ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ނުރައްކާ ޒޯނަށް އުޅަނދުތައް ވަނުމާއެކު ޔަހޫދީ މަނަވަރުތައް ވަނީ އެ އުޅަނދުތައް ވަށާލައިފައެވެ. އަދި ހަތިޔާރުއެޅި ޔަހޫދީ ސިފައިން ވަނީ އުޅަދުތަކަށް އަރައިގަނެފައެވެ. ޔަހޫދީ ސިފައިން ވަނީ އުޅަނދުތަކުގައި ތިބި މީހުންގެ ނުގަބޫލުގައި ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މީހުން މިހާރު ތިބީ ޔަހޫދީ ދައުލަތުގައެވެ. ބޯޓުތަކުގައި ތިބި އެކްޓިވިސްޓުން ވިލާތަށް ފޮނުވާލާނެ ކަމަށް ޔަހޫދީން ބުނެފައިވާއިރު، އެ މީހުން ފޮނުވާލަނީ ކޮން ޤައުމުތަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ފްލޮޓިއްލާގައި ހިމެނޭ ހުރިހާ ބޯޓެއްހެން ނިރުބަވެރި ޔަހޫދީން ހުރަސްއަޅައި ހުއްޓުވާފައިވާއިރު، ތަންކޮޅެއް ފަހަތުގައި އޮތް ބޯޓެއް މިހާތަނަށް ހުއްޓުވާފައެއް ނުވެއެވެ. ފްލޮޓިއްލާގެ ދަތުރު އިންތިޒާމް ކުރި ފަރާތުން ވަނީ ބޯޓުތަކަށް ހުރަސްއެޅުމަކީ ޤާނޫނީ ކުށެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޔަހޫދީންގެ ޢަމަލުތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީ ދުނިޔެއިން ދަނީ އަޑުއުފުލަމުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
