
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ)
ރެސިޑެންސް ވިސާ ދިނުމާއި ގުޅޭ ޤާނޫނީ އޮނިގަނޑާއި ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ މި މަސައްކަތް ކުރިއަށްގެންދިޔުމަށް ބޭއްވުނު މިފަދަ ދެވަނަ މަޝްވަރާ ބައްދަލުވުމެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރެސިޑެންސް ވިސާއާ ގުޅޭ މިބައްދަލުވުންތައް މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ބާއްވާފައިވާކަމަށެވެ. އަދި ދެވަނަ ބުރުގެ ބައްދަލުވުންތަކުގައި ހެންލޭ އެންޑް ޕާރޓްނަރސްގެ އިތުރުން ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ވުޒާރާއާއި ސަރުކާރުގެ އެހެން މުވައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރގެ ބައެއް ފަރާތްތަކުން ބައިވެރިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
Building on the stakeholder consultation meetings held in August 2025 for the Residency by Investment Program, Henley & Partners and the Ministry held a second round of consultations with relevant government agencies and key private sector stakeholders from 14th – 18th September… pic.twitter.com/YwQzlNbA9D
— Mohamed Saeed (@em_saeed) September 18, 2025
މަޝްވަރާގެ މިމަރުޙަލާގައި ކުރިއަށްގެންދިޔައީ، ރާއްޖޭގައި ރެސިޑެންސް ވިސާ ދިނުމުގެ ޕްރޮގްރާމްގެ ޑިޒައިންކުރުމާއި ސިޔާސަތުތަކާއި އަދި މިކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމާއި ގުޅޭ މަޝްވަރާތައްކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. ސަރވިސް އެގްރިމަންޓް ފޯރ އަ ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގައި ހެންލޭ އެންޑް ޕާރޓްނަރސްއާއެކު ދިވެހި ސަރުކާރުން އެއްބަސްވުން އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ބިޒްނަސް ފޯރަމްގައެވެ.
ރާއްޖޭގައި އިންވެސްޓަރ ރެސިޑެންސީ ވިސާ އަދި މިހާތަނަށް ދިނުމުގެ މަސައްކަތްކޮށްފައި ނުވިނަމަވެސް މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވަރަށް ފުޅާކޮށް ހިންގާ ޕްރޮގްރާމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިމަޝްރޫޢު ހިނގައިގަތުމުން 5 އަހަރުގެ ތެރޭގައި 6 ބިލިއަނާ ހަމައަށް ރާއްޖެއަށް އިންވެސްޓްމަންޓް ގެނެވޭނެކަމަށް ސަރުކާރުންވަނީ ކުރިން އަންދާޒާކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
